ރޯދަ މަހުގެ އިނާޔަތް ބޮޑު ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ހުށަހެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ. އޭނާ ހުަށަހެޅީ ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ދޭން ގާނޫނުން މަޖުބޫރުކުރާ 3000ރ. ބޮޑު ކޮށްދިނުމަށެވެ. ސަބަބެއްކަމަށް ވިދާޅުވީ ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާތީކަމަށެވެ.
އަދި، އިނާޔަތް ބޮޑުކުރުމާއެކު، ގާނޫނު މުރާޖައާކޮށް ހުރިހާ ފަންނުތަކުގެ މަސައްކަތްތެރިންނާއި މަސްވެރިންނާއި ދަނޑުވެރިން ފަދަ ސިނާއަތްތަކުގެ މަސައްކަތްތެރިންނަށްވެސް ރޯދައިގެ އިނާޔަތް ލިބޭނެ ހަމަހަމަ އުސޫލެއް ގާއިމު ކުރުމަށްވެސް ޝިޔާމް ހުށަހެޅި މައްސަލައިގައިވެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި މައްސަލަ ބަލައިގަތުމަށް ވޯޓަށް އެހުމުން މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. ދެކޮޅަށް 27 މެންބަރުން ވޯޓު ދެއްވިއެވެ. އެހެންކަމުން މި މައްސަލަ ވަނީ މަޖިލީހުން ބޭރުވެފައެވެ.
ވަޒީފާއާބެހޭ ގާނޫނުގައި ރޯދަ މަހުގެ އިނާޔަތާބެހޭ މާއްދާގައި ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި، ރޯދަ މަސް ފެށުމުގެ ކުރިން 3,000ރ. ދިނުން ވަނީ ލާޒިމުކޮށްފައެވެ.
ރޯދަ އިނާޔަތް ދިނުން ލާޒިމްކޮށްފައިވީނަމަވެސް އެ ފައިސާ ބައެއް ފަރާތްތަކުން ނުދޭ މައްސަލަ ބޮޑެވެ.

ކިޔުންތެރިންގެ ހިޔާލު