ދިވެހި ސަރުކާރާއި ގާނާގެ ސަރުކާރާ ދެމެދު މުހިންމު 2 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ދިވެހި ސަރުކާރާއި ގާނާގެ ސަރުކާރާ ދެމެދު މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ލަންޑަންގައި މިހާރު ކުރިއަށްދާ ކޮމަންވެލްތު ފޮރިން އެފެއާޒް މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގެ ތެރެއިންނެވެ.

މި ދެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުالله ޝާހިދެވެ. އަދި ގާނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ފޮރ ފޮރިން އެފެއާޒް އެންޑް ރީޖަނަލް އިންޓަގްރޭޝަން، ޝަރްލީ އަޔޯރްކޯރ ބޮޗްވީއެވެ.



ދިވެހިރާއްޖެއާއި ގާނާއާ ދެމެދު ސޮއިކުރި އެއް އެއްބަސްވުމަކީ ވިސާގެ ކަންކަން މިހާރަށްވުރެ ފަސޭހައިން ހަމަޖެއްސުމާއި ގުޅޭ އެއްބަސްވުމެކެވެ. އަދި ދެ ޤައުމުގެ ފޮރިން މިނިސްޓްރީގެ ދެމެދު ޕޮލިޓިކަލް ކޮންސަލްޓޭޝަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް އެއްބަސްވުމެއް ވަނީ ގާއިމްކޮށްފައެވެ.

މި އެއްބަސްވުންތައް އެކުލަވާލެވިފައިވަނީ ދެޤައުމުގެ ޚާރިޖީ ވުޒާރާތަކުގެ މެދުގައި އެކި ފަހަރުމަތިން ކުރެވުނު މަޝްވަރާތަކަށްފަހުކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ދިވެހިރާއްޖެއިން ގާނާއާއެކު ސިޔާސީގޮތުން ގުޅުން ޤާއިމްކުރީ 10 އޮގަސްޓް 1989 ގައެވެ. މިއަހަރު މި ގުޅުމަށް 34 އަހަރު ފުރޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު