ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އެއްބުރުން ކާމިޔާބުކުރައްވާނެކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ވިދާޅުވީ އޭނާ މިނިންމެވުން ނިންމެވީ އިންތިހާބާއި ގުޅޭގޮތުން ވަރަށް ބޮޑަށް ހިސާބު ޖައްސަވައިފައި ކަމަށެވެ.

އިމްރާން ވިދާޅުވީ އެމްޑީއޭއާއި، އަދާލަތާއި އެމްޑީޕީގެ ހިތްވަރާއެކު މަސައްކަތްކޮށްފިނަމަ ރައީސް ސާލިހު ދެވަނަ ދައުރަކަށް ހޮވޭނެކަމަށެވެ. އަދި ރައީސް ސާލިހު 51.2 އިންސައްތައިން އިންތިހާބު ކާމިޔާބުކުރާނެކަމަށްވެސް އިމްރާން ވިދާޅުވިއެވެ.



ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޖުމްހޫރީ ޕާޓީން ނިންމި ހިސާބުން އިންތިހާބުގެ ފޯރި ވަނީ ގަދަވެފައެވެ. އަދި އިންތިހާބުގެ އަންދާޒާ ތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތައް އައިސްފައެވެ.

ޖުމްހޫރީ ޕާޓީން އިންތިހާބުގައި ވާދަކުރުމަށް ނިންމީ އިއްޔެ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގެ އިއްތިފާގުންނެވެ.

ގިނަ ބަޔަކު ގަބޫކުކޮށްގެން ތިބީ ޖުމްހޫރީ ޕާޓީން ރައީސް ސާލިހާއެކު ކޯލިޝަން ހަދާނެކަމަށެވެ. އަދި އެމްޑީޕީންވެސް ގަބޫކުކޮށްގެން ތިބީ އެގޮަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީގެ ނިންމުމާއެކު ރާއްޖޭގެ ސިޔާސީ މަސްރަހު ވަނީ ތަފާތު ގޮތަކަށް ބަދަލުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު