ޖުމުހޫރީ ޕާޓީން މިއަހަރު ބާއްވާ ރިޔާސީ އިންްތިޚާބުގައި ވާދަކުރަން ނިއްމި ނަމަވެސް އެޕާޓީ ސަރުކާރު ކޯލިޝަނުން ވަކިވެގެންނުދާނެ ކަމަށް ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން އެ ޕާޓީގެ ކައުންސިލުން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ނިއްމިއިރު ޖުމުހޫރީ ޕާޓީއަކީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއެކެެވެ. މި ސަރުކާރުގެ ކޯލިޝަންގައި އެޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ވަޒީރުންނާއި ގިނަ ބޭފުޅުން އެބަތިއްބެވިއެވެ.
އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ޖުމުހޫރީ ޕާޓީއަކީ ސަރުކާރުގެ ކޯލިޝަންގައި އޮތް ޕާޓީއެއް ކަމަށެވެ. މި އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހާ ހަމައަށް ވަޒީފާތަކުގައި ތިއްބެވި ބޭފުޅުން އެގޮތުގައި ތިއްބަވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
"އެއްބަސްވުމުގައި އޮތް ގޮތުން އަޅުގަނޑުމެން ރިޔާސީ ކެންޑިޑޭޓެއް އަންނަ ރިޔާސީ އިންތިހާބަށް ނެރުމަކީ ބަރީއަވާ ކަމެއް ނޫން. ވަރަށް ސާފުކޮށް ކޯލިޝަން މި އޮތީ ފަސް އަހަރު ދުވަހަށް." ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ މިއަދު އިންސްޓިޓިއުޓެއް ކަމަށެވެ. އެގޮތަށް އެކަން ކުރެވުނީތީ އުފާކުރައްވާކަމަށާއި ރާއްޖޭގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކުން، ޖުމްހޫރީ ޕާޓީއަކީ ނަމޫނާއެއްގެ ގޮތުގައި ބަލައިގެންފައިވާކަން ވެސް ގާސިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަނީ ރައްޔިތުންގެ ސައިޑުގައި. އަބަދުވެސް. އޯލްވޭޒް. އަޅުގަނޑު މި މަގާމުގައި އިންހާ ހިނދަކު، އަޅުގަނޑަށް މި ދުނިޔެއަށް ނޭވާލެވޭހާ ހިނދަކު އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ ސައިޑުގަ." އާ ގާނޫނު އަސާސީގެ ދަށުން ވެރިކަމަށް އައި ހުރިހާ ސަރުކާރެއް ގެނައުމުގައި އިސްރޯލެއް އަދާކުރަށްވާފަައިވާ ގާސިމް ވިދާޅުވިއެވެ.
ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީ އިސްވެއޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ވާދަކުރުމަށް ހުށަހަޅާފައިިވާ ގަރާރު ފާސްކޮށް، އެގޮތަށް ނިންމާފައިވަނީ އެޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި 48 މެމްބަރުންގެ ތެރެއިން 46 މެމްބަރުންގެ ތާއީދާއެކުއެވެ. އެ ނިއްމުން ނިއްމާފައިވަނީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރަން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ކޯލިޝަން ހެދުމަށް އެޕާޓީއަށް ދައުވަތު ވެސް ދީފައިވަނިކޮށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި، ޖުމްހޫރީ ޕާޓީން އިސްވެ އުފައްދާ ކޯލިޝަނަކުން ވާދަކުރުމަށް ނިންމުމާއި ގުޅިގެން ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވަނީ އެ ޕާޓީން އިސްތިއުފާ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު