އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރިއުޅުނު ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ އއ .އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއެއް ގެންބިގެން އއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔަކަމުގެ މައުލޫމާތު މިއަދު ހެނދު 10:31 ގައި ލިބުނު ކަމަށެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލޫހޫން ބުނީ ގެނބިގެން މަރުވެފައި ވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ ފިރިހެނެއްކަމަށެވެ.

މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު