ށ.މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ބާރަށް ކުރިއަށްދާކަމަށް އެމްޓިސީސީން ބުނެފިއެވެ.

އެމްޓިސީސީން ބުނީ ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމެންޓް މިހާރު ވަނީ ސައިޓަށް ގެންދެވިފައިކަމަށެވެ. އަދި، ގްރޮއިން ޕްރޮފައިލް ކުރުމުގެ މަސައްކަތުގެ 37 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައިވާކަމަށް އެމްޓިސީސީން ބުނެއެވެ.



އެމްޓިސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، 954 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

މިއީ 34.6 މިލިއަން ރުފިޔާގެ މަޝްރޫޢެއްކަމަށް އެމްޓިސީސީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު