މާލޭގައި މާރާމާރީތަކެއް ހިންގަން ގްރޫޕްތަކުން ރާވަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ މިދިޔަމަހު 26 ވަނަ ދުވަހުގެރޭ ފިހާރައެއްގެ ތެރޭގައި ވަޅިހަރައި މީހަކު މަރާލި މައްސަލާގައި ހިމެނޭ މީހެއްގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައެވެ.
މިދޔަމަހު މަރާލި 30 އަހަރުގެ މުހައްމަދު އަހްމަދު ދީދީ (ނައުއްޓެ)ގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ސިރުހާން އަލީ ނަމަކަށް ކިޔާ މީހެކެވެ.
އޭނާ ބަންދާއި މެދު ގޮތެއް ނިންމުމަށް ބޭއްވި އަޑު އެހުމުގައި ފުލުހުން ބުނީ މިދިޔަ މަހު ފަހުކޮޅު މާލޭގައި މީހެއްގެ ގަޔަށް ވަޅި ހަރައި މަރާލި މައްސަލަ އާއި ސިލްސިލާ އެހެން ބައެއް މާރާމާރީތަކާ ގުޅިގެން އަދިވެސް އިތުރު މާރާމާރީތަކެއް ހިންގަން ގްރޫޕްތަކުން ރާވަމުންދާ ކަމަށެވެ.
ކޯޓުން ވަނީ ސިރުހާންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ. ސިރުހާން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނެރުނު އަމުރުގައި ގާޒީ ވިދާޅުވެފައިވަނީ ތުހުމަތުކޮށްފައިވާ ކުށް ކުރި ކަމަށް ބެލެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށެވެ.
ޒުވާނާ މަރާލި މައްސަލާގައި ހިމެނޭ އެހެން މީހުން ހޯދަން ފުލުހުން އަދިވެސް އަންނަނީ މަސައްކަތްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު