ކްރިމިނަލް ކޯޓު ހިންގުން އެކޯޓުގެ ޤާޟީ އާދަމް މުޙައްމަދާއި ހަވާލުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން މިބަދަލު ގެނައުމަށް ނިންމެވީ މިމަހުގެ 5 ވަނަ ދުވަހު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައެވެ.

ކްރިމިނަލް ކޯޓު ހިންގުން އެކޯޓުގެ ޤާޟީ އާދަމް މުޙައްމަދާއި ހަވާލުކޮށްފައި މިވަނީ ކްރިމިނަލް ކޯޓުގެ އިސް ޤާޟީގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު ޝަކީލް ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމާއި ގުޅިގެނެވެ.

ޤާޟީ އާދަމް މުހައްމަދަކީ ކްރިމިނަލް ކޯޓަށް އައްޔަންކޮށްފައިވަނީ 2021 ވަނަ އަހަރު ޖެނުއަރީމަހުއެވެ.

މީގެ ކުރިންވެސް ޤާޟީ އާދަމް މުޙައްމަދާއި ވަނީ ކްރިމިނަލް ކޯޓުގެ ހިންގުން ހަވާލު ކުރައްވާފައެވެ. އެފަހަރު ހިންގުން ހަވާލު ކުރެއްވީ ކްރިމިނަލް ކޯޓު ހިންގުމާ ޙަވާލުވެ ހުންނެވި ފަނޑިޔާރު އަލްއުސްތާޛު ޢަލީ ރަޝީދު ޙުސައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު