މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވާން 5600 އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފިއެވެ.
އިލެކްޝަންސް ރިޔާސީ އިންތިހާބުގެ އޮފިޝަލުންގެ ގޮތުގައި ހޯދަނީ ވޯޓުލާ މަރުކަޒުގެ ވެރިން، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިން، ވޯޓުލާ މަރުކަޒެއްގެ އޮފިޝަލުން އަދި ރިސާވް އޮފިޝަލުންނެވެ.
އީސީން ބުނީ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުގުވެރިވާ ފަރާތްތަކުން ޖޫން 22 ވާ ބުރާސްފަތި ދުވަހުގެ ކުރިން އޮންލައިން ފޯމް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅަންޖެހޭކަމަށެވެ.
އޮފިޝަލުންނަށް ދޭ މުސާރައަށް ބަލާއިރު ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް 1500ރ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް 1200ރ، ވޯޓުލާ މަރުކަޒެއްގެ އޮފިޝަލަކަށް 1000ރ އަދި ރިސާވް އޮފިޝަލަކަށް 500ރ އެވެ.
އުޖޫރައިގެ އިތުރުން ވޯޓުލާދުވަހު ކެއުމާއި ސައިގެ އިންތިޒާމް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ހަމަޖައްސާއިރު ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ފޯނު އެލަވަންސްގެ ގޮތުގައި -/100ރ (ސަތޭކަ ރުފިޔާ) ލިބޭނެއެވެ.
ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު 9 ވަނަ ދުވަހުއެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ އޮންނަނީ ސެޕްޓެމްބަރު 30 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު