އިޢުލާންނުކޮށް ތ. ގުރައިދޫން ބިންތަކެއް ދޫކުރި މައްސަލައިގައި 2 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މިމައްސަލާގައި ދައުވާކޮށްދިނުމަށް އެދި ފޮނުވާފައިވަނީ ތ. ގުރައިދޫ ކައުސިލްގެ ކުރީގެ ރައީސް ޙުސައިން އަޙަދު އާއި އެކައުންސިލްގެ ކުރީގެ ނާއިބު ރައީސް މުޙައްމަދު ސަރާޙްގެ މައްޗަށެވެ.
ތ. ގުރައިދޫ ކައުސިލްގެ ކުރީގެ ރައީސް ޙުސައިން އަޙަދު އާއި އެކައުންސިލްގެ ކުރީގެ ނާއިބު ރައީސް މުޙައްމަދު ސަރާޙްގެ މައްޗަށް ދައުވާކޯށްދިނުމަށް އެދިފައިވަނީ ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫން)ގެ 12 ވަނަ މާއްދާގެ (ހ)ގައި ބަޔާންކޮށްފައިވާ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާކަމުގެ ކުށުގެ ދައުވާއެވެ.
އޭސީސީން ބުނީ ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ފިޔަވައި އެހެނިހެން ބޭނުންތަކަށް ސަރުކާރާއި އަމިއްލަ ފަރާތްތަކަށް ބިން ދޫކުރުމާބެހޭ ޤަވާއިދާއި، ސިނާއީ މަސައްކަތްތަކަށް ބިން ދޫކުރުމުގައި ތ.ގުރައިދޫ ކައުންސިލުން ޢަމަލުކުރަމުންއައި އުޞޫލާއި ޚިލާފަށް އިޢުލާންނުކޮށް، ބިން ދޫކުރުމުގެ އެއްބަސްވުންތަކުގައި ޙުސައިން އަޙަދުއާ މުޙައްމަދު ޞަރާޙު ސޮއިކޮށްފައިވުމުން ބިންތައް ދޫކުރުމުގައި އެދެ ފަރާތުގެ ބައިވެރިވުން އޮތްކަން ތަޙުޤީޤަށް އެނގޭކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު