ރޯދަމަހު ސަރުކާރުގެ ރަސްމީ ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 ކަމަށް ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ހަމަޖައްސައިފިއެވެ.

ކޮންމެ އަހަރެއްގެވެސް ރޯދަމަސް ފެށުމުގެ ކުރިން ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ސަރުކާރުން ކަނޑައަޅައެވެ.

ރައީސުލްޖުމްހުރިއްޔާގެ އޮފީހުން ބުނީ ހިޖުރައިން 1443 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހުގެ ދުވަސްތަކާއި، ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށެވެ.

އެހެންކަމުން އެ ދުވަސްތަކުގައި އެ ވަގުތަށް ފައްތަވައިގެން މަސައްކަތްތައް ރޭއްވެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މިއަހަރުގެ ރޯދަމަސް ފެށޭނީ މިމަހުގެ 23 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު