ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅާފައިވަނީ 3 ޕާޓީއެއްގެ ކެންޑިޑޭޓޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ، އެދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާ މިދިޔަމަހުގެ 23 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެނެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތު ހަމަވީ އިއްޔެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މުއްދަތު ހަމަވިއިރު އިންތިހާބުގައި ވާދަކުރުމަށް ނަން ހުށަހަޅާފައިވަނީ އިދިކޮޅު ޕީޕީއެމާއި، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ އިތުރުން އެމްއެންޕީންނެވެ.
ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވަނީ އެދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާއެވެ. އެމްޑީޕީން ވާދަކުރަނީ، ޕްރައިމަރީ ކާމިޔާބު ކުރި އިބްރާހީމް ޝާޒްއެވެ. އަދި އެމްއެންޕީން ވާދަކުރަނީ އަލީ އާރިފެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު