ބްރިޖް އެއަރޕޯޓް ލައިޓްކައިރީގައި، ފުލުހުންގެ ކާރަކާއި އާއްމު މީހެއްގެ ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތޫ ލިބިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހެނދުނު 07:50ހާއިރުއެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގައި މީހަކަށް އަނިޔާވެެގެން ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި މި އެކްސިޑެންޓާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި އެކްސިޑެންޓްގައި އެކްސިޑެންޓްވި ސައިކަލާއި ފުލުންގެ ކާރަށްވެސް ބޮޑެތި ގެއްލުންވެފައިވާކަން ފޮޓޯތަކުން ހާމަވެއެވެ.



ކިޔުންތެރިންގެ ހިޔާލު