އެކި ކޯޓްތަކަށް އައްޔަންކުރި 11 ފަނޑިޔާރަކު ހުވާކޮށްފިއެވެ.
އިއްޔެ ހުވާކޮށްފައިވަނީ ހައިކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރަކާއި ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި 3 ފަނޑިޔާރުންނާއި، ސިވިލް ކޯޓަށް އައްޔަން ކުރެއްވި 3 ފަނޑިޔާރަކާއި، މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރެއްވި 4 ފަނޑިޔާރުންނެވެ.
ފަނޑިޔާރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ފަނޑިޔާރުންނަށް ހުވާލައިދެއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެއްވީ ކުރިން ކްރިމިނަލް ކޯޓުގެ އިސް ގާޒީއަަކަށް ހުންނެވި އއ.ފެރިދޫ، ސިޔާމާމަންޒިލް، އަޙްމަދު ޝަކީލެވެ.
ކްރިމިނަލް ކޯޓަށް އައްޔަން ކުރައްވާފައިވަނީ ސ.މަރަދޫ، އެށެވެލި އަލްއުސްތާޛު އިބްރާހީމް އިޙްސާން އާއި ގއ.ނިލަންދޫ، ބިއްލޫރިޖެހިގެ، އަލްއުސްތާޛު އިބްރާހީމް ޛިހުނީއާއި، ރ.ރަސްގެތީމު، ގުލާބީގެ، އަލްއުސްތާޛާ އާމިނަތު އަޒްލިފާއެވެ.
ސިވިލް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރުންނަކީ ގދ.ފިޔޯރީ، ސަންޑަލްވޫޑް، އަލްއުސްތާޛު ސިނާން ޢަލީ އާއި ހދ.ފިނޭ، ދެތަނޑިމާގެ، އަލްއުސްތާޛު ފައިޞަލް އާދަމް އާއި ސ.ހިތަދޫ، ސައިފަތްމާގެ، އަލްއުސްތާޛު ޢަބްދުﷲ އިޙްސާންއެވެ.
ފަނޑިޔާރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސައިން އާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއަތަސިމް އަދުނާން ބައިވެރިވެވަޑައިގެންނެވިއެވެ.

Appointment of Judges to the High Court of Maldives, Criminal Court, Civil Court and Magistrate Courts. pic.twitter.com/RwmidI1RpP
— Judicial Service Commission (@MaldivesJSC) March 13, 2023
ކްރިމިނަލް ކޯޓަށް އައްޔަން ކުރައްވާފައިވަނީ ސ.މަރަދޫ، އެށެވެލި އަލްއުސްތާޛު އިބްރާހީމް އިޙްސާން އާއި ގއ.ނިލަންދޫ، ބިއްލޫރިޖެހިގެ، އަލްއުސްތާޛު އިބްރާހީމް ޛިހުނީއާއި، ރ.ރަސްގެތީމު، ގުލާބީގެ، އަލްއުސްތާޛާ އާމިނަތު އަޒްލިފާއެވެ.
ސިވިލް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރުންނަކީ ގދ.ފިޔޯރީ، ސަންޑަލްވޫޑް، އަލްއުސްތާޛު ސިނާން ޢަލީ އާއި ހދ.ފިނޭ، ދެތަނޑިމާގެ، އަލްއުސްތާޛު ފައިޞަލް އާދަމް އާއި ސ.ހިތަދޫ، ސައިފަތްމާގެ، އަލްއުސްތާޛު ޢަބްދުﷲ އިޙްސާންއެވެ.
ފަނޑިޔާރުން ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ޖުޑިޝަލް ސަރވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސައިން އާއި އުއްތަމަ ފަނޑިޔާރު އަހުމަދު މުއަތަސިމް އަދުނާން ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު