22 އަހަރަށްފަހު ފަރެސްމާތޮޑާގައި އައު އިންޖީނުގެއެއް ބިނާކޮށް، ބޭނުންކުރަން ފަށައިފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނި ހަރުއަޑާއި، ބޯދުމާއި، ގެދަބުޅިން ފަރެސްމާތޮޑާގެ ރައްޔިތުންނަށް ވޭނާއި ހިތްދަތިކަން ގެނުވަމުންދިޔަ، 22 އަހަރުވީ އިންޖީނުގެ ނިއްވާލާފައިވާކަމަށެވެ. އަދި މުޅިން އަލަށް ޢިމާރާތްކޮށްފައިވާ މަރުކަޒީ އިންޖީނުގެއިން ރަށާއި އެއަރޕޯޓަށް ކަރަންޓު ދޭން ފަށާފައިވާކަމަށްވެސް ފެނަކައިން ބުނެއެވެ.



‏ބާ އިންޖީނުގެ ނިއްވާލެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އޮނަރަބަލް މުޙައްމަދު އަސްލަމް އަދި ފެނަކަ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދުއެވެ.



ކިޔުންތެރިންގެ ހިޔާލު