ފަރެސްމާތޮޑާ އެއަރޕޯޓް ޓެސްޓް ކުރުމަށް ފުރަތަމަ ފަހަރަށް މަތިންދާބޯޓެއް ޖައްސައިފިއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓަށް ޓެސްޓް ފްލައިޓްގެ ގޮތުގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ޑޭޝް 8 - 300 މަރުކާގެ ބޯޓެކެވެ.
މި މަތިންދާބޯޓު ފަރެސްމާތޮޑާ އެއަރޕޯޓަށް ޖައްސާފައިވަނީ މިއަދު 17:28 ގައެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލީހުއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓަކީ މި ސަރުކާރުން ތަރައްޤީކޮށް ހުޅުވާ ދެވަނަ އެއަރޕޯޓެވެ. މިއީ އެތެރެގޭ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. 1200 މީޓަރުގެ ރަންވޭއަކީ، ރޭގަނޑުވެސް ރަށަށް ފްލައިޓް ޖެއްސޭގޮތަށް، ނެވިގޭޝަން ލައިޓްތަކާއެކު ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ. މީގެއިތުރުން އެއަރޕޯޓްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާ، ފަޔަރަ ބިލްޑިންގެ ހުރިހާ މަސައްކަތްތައްވެސް ވަނީ ނިންމާފައެވެ.
އެމްޓީސީސީން ބުނީ އެއަރޕޯޓާއި ރަށާއި ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ދެ މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށެވެ. އަދި ވަގުތީގޮތުން ބޭނުންކުރުމަށް މަގެއް ތަރައްޤީކުރާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ވަނީ އެހެން ރަށްތަކާއި ރިސޯޓްތަކުން ޚިދުމަތް ހޯދުމަށް އެއަރޕޯޓަށް ދަތުރުކުރާ މީހުން ބޭނުންކުރުމަށް އެއަރޕޯޓްގައި ބަނދަރެއް ވަނީ ހަދާފައެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް މަޝްރޫޢުއަކީ ސަރުކާރުން 144.8 މިލިއަން ޚަރަދުކޮށްގެން ހިންގި މަޝްރޫޢުއެކެވެ.

ފަރެސްމާތޮޑާ އެއަރޕޯޓުގައި ޓެސްޓް ފްލައިޓް ޖައްސައިފި. މިއަދު 17:28 ގައި ފަރެސްމާތޮޑާ އެއަރޕޯޓުގައި ޖައްސާފައިވަނީ މޯލްޑިވިއަންގެ ފްލައިޓް Q2-6482. މިއީ، ޑޭޝް 8 - 300 މަރުކާގެ ބޯޓެއް. pic.twitter.com/RQ5hrwQ1FW
— Min.of National Planning, Housing & Infrastructure (@MoNPHImv) March 13, 2023
ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލީހުއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓަކީ މި ސަރުކާރުން ތަރައްޤީކޮށް ހުޅުވާ ދެވަނަ އެއަރޕޯޓެވެ. މިއީ އެތެރެގޭ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެކެވެ. 1200 މީޓަރުގެ ރަންވޭއަކީ، ރޭގަނޑުވެސް ރަށަށް ފްލައިޓް ޖެއްސޭގޮތަށް، ނެވިގޭޝަން ލައިޓްތަކާއެކު ތަރައްޤީކޮށްފައިވާ ރަންވޭއެކެވެ. މީގެއިތުރުން އެއަރޕޯޓްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރާ، ފަޔަރަ ބިލްޑިންގެ ހުރިހާ މަސައްކަތްތައްވެސް ވަނީ ނިންމާފައެވެ.
އެމްޓީސީސީން ބުނީ އެއަރޕޯޓާއި ރަށާއި ގުޅުވާލާ ކޯޒްވޭގެ މަސައްކަތް ދެ މަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށެވެ. އަދި ވަގުތީގޮތުން ބޭނުންކުރުމަށް މަގެއް ތަރައްޤީކުރާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
އެމްޓީސީސީން ވަނީ އެހެން ރަށްތަކާއި ރިސޯޓްތަކުން ޚިދުމަތް ހޯދުމަށް އެއަރޕޯޓަށް ދަތުރުކުރާ މީހުން ބޭނުންކުރުމަށް އެއަރޕޯޓްގައި ބަނދަރެއް ވަނީ ހަދާފައެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް މަޝްރޫޢުއަކީ ސަރުކާރުން 144.8 މިލިއަން ޚަރަދުކޮށްގެން ހިންގި މަޝްރޫޢުއެކެވެ.
ކިޔުންތެރިންގެ ހިޔާލު