ރާއްޖެއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކަށް ލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރްނިން ފެނާންޑޯ މައާފަށް އެދިވަޑައިގެންފިއެވެ.

ޖަރުމަނުވިލާތުގައި ކުރިއަށް ގެންދިޔަ އައިޓީބީ ފެއާގެ ތެރެއިން ލަންކާގެ ޓޫރިޒަމް މިނިސްޓަރު ފެނާންޑޯ ހަރިން ވަނީ ރާއްޖެއަށް މަލާމާތް ރައްދުވާ ޒާތަށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރާއްޖެ އަންނަ ޓޫރިސްޓުން ހިތްހަމަޖައްސާލަން ލިބޭނެ ހަމައެކަނި ތަނަކީ ރީތި ގޮނޑުދޮށްތައް ކަމަށާއި އަދި ޓޫރިސްޓުން 5 ވަރަކަށް ދުވަހު ރާއްޖޭގައި މަޑުކޮށްލާއިރަށް އެތަންތަނުގެ މަތިންވެސް ފޫހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެއާ ބެހޭގޮތުން ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވުމާއި ގުޅިގެން އޭނާ ވަނީ މިއަދު އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ.

ހަރްނިން ވިދާޅުވީ ހިތްގައިމު ރާއްޖެއާ ބެހޭގޮތުން އޭނާ ދެއްކެވި ވާހަކަ ސޯޝަލް މީޑިއާގައި ދައްކަމުންދަނީ މާނަ އޮޅޭގޮތަށް ކަމަށެވެ. ހަރްނިން ވިދާޅުވީ ލަންކާއިން ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތްކުރަމުންދަނީ ރާއްޖެއާ ގުޅިގެންކަމަށެވެ. އެހެންކަމުން އޭނާ ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ކުރިމަތިވި ކަންކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް ހަރްނިން ވިދާޅުވިއެވެ.



ލަންކާގެ ޓޫރިޒަމް މިނިސްޓަރު ރާއްޖެއަށް ފާޑު ވިދާޅުވެ ދެއްކެވި ވާހަކަފުޅުތަކަށް މައާފަށް އެދިވަޑައިގެންފައި މިވަނީ އެކަމަށް ގިނަ ބަޔަކު ގޮވާލަމުންދަނިކޮށްކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު