ކުރިއަށް އޮތް ރޯދަމަހު އެއްގަމު އުޅަނދުގައި މާލޭގައި މުދާ އުފުލޭނެ ގަޑިތައް ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ރޯދަ މަހު ކޮންމެ ދުވަހެއްގެ ވެސް ހަވީރު 4:30 އިން ރޭގަނޑު 8:00 އާ ދެމެދު، އެއްވެސް ބާވަތެއްގެ މުދާ ގަނޑުކޮށް އެއްވެސް އުޅަނދެއްގައި ވިޔަފާރި އުސޫލުން އުފުލުން މަނާވާނެއެވެ. އަދި މިކަމާއި ހިލާފުވާ ފަރާތްތައް 750 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް މިނިސްްޓްރީން ބުނެއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން މުދާ އުފުލަން ހާއްސަ ވަގުތުތަކަކީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:30 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.
ސިނަމާލެ ބްރިޖުން މުދާ އުފުލުމަށް ހާއްސަކޮށްފައިވާ ވަގުތުތަކަށް ބަލާއިރު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް އަދި ދަންވަރު 1:00 އިން ފެށިގެން ހެނދުނު 6:00 އަށް ބްރިޖުން، މުދާ އުފުލާ ހުރިހާ ގިންތިއެއްގެ އުޅަނދުތަކުގައި މުދާ ގެންދެވޭނެއެވެ. އެ ނޫން ވަގުތުތަކުގައި ބްރިޖު މަތިން މުދާ އުފުލުމަކީ މަނާކަމެކެވެ.
އުސޫލުގައިވާގޮތުން ބްރިޖުން ފެނާއި ކައްކާ ގޭސް އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް، އަދި ރޭގަނޑު 8:00 އިން ފެށިގެން ހެނދުނު 6:00 އަށެވެ.
ރޯދަމަހު މުދާ އުފުލުމަށް ހާއްސަ ވަގުތުތަކެއް ކަނޑައަޅަނީ މަގުމަތީގެ ޓްރެފިކް ފްލޯއަށް އަންނަ ލޮޅުންތައް ކުޑަކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު