ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ ކޮމަންވެލްތު ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފޮނުއްވައިފިއެވެ.

ކޮމަންވެލްތުގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މާޗުމަހުގެ 13 ވަނަ ދުވަހެވެ.

ކޮމަންވެލްތު ދުވަހުގެ މުނާސަބާތުގައި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ކުރެއްވި ޓްވީޓެއްގައި ވަނީ ކޮމަންވެލްތުގެ އިސް ލީޑަރު އިނގިރޭސި ރަސްގެފާނު ކިންގ ޗާލްސް އާއި ކޮމަންވެލްތުގެ ގައުމުތަކުގެ ސަރުކާރުތަކަށާއި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.

ރައީސް ވިދާޅުވީ ކޮމަންވެލްތުގެ އުސޫލުތައް ހިފެހެއްޓުމާއެކު، އަމާން މުސްތަގުބަލަކަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖެ ދެމިއޮންނާނެކަމަށެވެ.





ރައީސް ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރުގެ އޮކްޓޯބަރުމަހުގެ 13 ވަނަ ދުވަހު ރާއްޖެއިން ވަނީ ކޮމަންވެލްތުން ވަކިވެފައެވެ. ނަމަވެސް ރައީސް ސާލިހުގެ ވެރިކަމުގައި އަލުން ކޮމަންވެލްތާއި ގުޅެން ނިންމިއެވެ. ކޮމަންވެލްތުގެ މެމްބަރަކަށް ރާއްޖެ އަލުން ހަމަޖެހިގެން ދިޔައީ 2020 ވަނަ އަހަރުގެ ފެބްރުއަރީމަހުއެވެ.



ކިޔުންތެރިންގެ ހިޔާލު