ސަރުކާރުން ކުރިއަށްގެންދާ އަމީނީ މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫއާ ގުޅޭ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޕްލޭނިންގ މިނިސްޓްރީއަށް އެންގީ ރަނގަޅަށްކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ އަމީނީ މަގު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެގްރިމެންޓާއި ކުރެހުން ހޯދުމަށް އާއްމު ފަރާތަކުން އެދުމުން އެކަމަށް ޕްލޭނިންގ މިނިސްްޓްރީން ދެކޮޅު ހެދުމުން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
އާއްމު ފަރާތަކުން މިކަމުގެ މައުލޫމާތު ހޯދުމަށް ފުރަތަމަ ހުށަހެޅީ މިނިސްޓްރީއަށެވެ. ނަމަވެސް އެ ތަފުސީލުތައް ދޭން ޕްލޭނިން މިނިސްޓްރީއިން ދެކޮޅު ހެދުމުން، އެ ފަރާތުން ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް މި މައްސަލަ ހުށަހަޅާފައެވެ. އަދި އައިކޮމްއިން ވަނީ މަގުހެދުމާއި ގުޅޭ އެއްބަސްވުމުގެ މައުލޫމާތު ހާމަކުރުމަށް މިނިސްޓްރީއަށްވެސް އަންގާފައެވެ.
އައިކޮމްއިން މިނިސްޓްރީއަށް މައުލޫމާތު ހާމަކުރަން އެންގުމުން ޕްލޭނިން މިނިސްޓްރީއިން ވަނީ އައިކޮމްގެ ނިންމުމަކީ ގާނޫނާ ހިލާފަށް ނިންމި ނިންމުމެއް ކަމަށް ބުނެ ހައި ކޯޓުގައި އައިކޮމްގެ ނިންމުން އިސްތިއުނާފުކޮށްފައެވެ.
މި މައްސަލައިގައި ހައިކޯޓުން މިއަދު ހުކުމްގައި ބުނީ ޕްލޭނިން މިނިސްޓްރީއިން މައުލޫމާތު ހާމަނުކުރުމަށް ނިންމި ނިންމުމަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތަކީ އިސްތިސްނާ ހާލަތަށް ފެތޭ މައުލޫމާތެއްކަމަށް މިނިސްޓްރީން ބުނިނަމަވެސް އެކަން އެ މިނިސްޓްރީއަށް ކޯޓުގައި ސާބިތުކޮށްދީފައި ނުވާކަމަށެވެ. އަދި އެ މައުލޫމާތުތައް ހާމަނުކުރަން ނިންމީ މައުލޫމާތު ހާމަކޮށްފި ނަމަ ތިން ވަނަ ފަރާތަކަށް ނުރަނގަޅު އަސަރެއް ކޮށްފާނެ ކަމަށް ބުނެފައިވީނަމަވެސް، 3 ވަނަ ފަރާތްކަމުގައިވާ އާރުޑީސީ އަކީ ދައުލަތުގެ އިދާރާއެއްގެ ތަރަހައިގައި ހިމެނޭ ކުންފުންޏަކަށްވާތީ އެ ފަދައިން އިސްތިސްނާ ކުރެވެން ނެތްކަމަށް ވެސް ހައި ކޯޓުގެ ހުކުމްގައިވެއެވެ.
އަމީނީ މަގު ތަރައްގީކުރުމުގެ އެއްބަސްވުން ހާމަކުރަން އެންގީ ރަނގަޅަށްކަމަށް ނިންމާފައިވަނީ ހައި ކޯޓުގައި މިމައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ކިޔުންތެރިންގެ ހިޔާލު