އެއްގަމު އުޅަނދުގެ ރެޖިސްޓްރީތަކެއްގެ ނަކަލުތަކެއް އުފައްދާފައިވާ މައްސަލަތަކެއް މިިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބަލަން ފަށައިފިއެވެ.
މިިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބަލަން ފަށާފައިވަނީ ސައްޙަނޫން ލިޔެކިޔުން ބޭނުންކޮށްގެން އެއްގަމު އުޅަނދުގެ ރެޖިސްޓްރީގެ ނަކަލުތަކެއް އުފައްދާފައިވާކަން ފާހަގަވެފައިވާ މައްސަލަތަކެކެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއަށް ފާހަގަވެފައިވާ މިފަދަ 50 އުޅަނދެއްގެ ރަޖިސްޓްރީ ނަންބަރު ގެޒެޓުގައި ޢާއްމުކޮށްފައިވާއިރު މީގެތެރޭގައި ކާރާއި، ސައިކަލުގެ ރަޖިސްޓްރީތައް ހިމެނެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ މި އުޅަނދުތަކުގެ ވެރިފަރާތުން ރަޖިސްޓްރޭޝަންގެ އަސްލު މިނިސްޓްރީއަށް ހުށަހެޅުމަށް 7 ދުވަހުގެ މުއްދަތެއް ދީފައެވެ.
ޓްރާންސްޕޯޓް މިނިސްްޓްރީން ވިދާޅުވީ މައްސަލަ ހުރި އުޅަނދުތަކުގެ ރަޖިސްޓްރީތައް އިސްލާޙުކުރުމަށް ނުވަތަ ރީ-ރެޖިސްޓްރީ ކުރުމަށް ވެރިފަރަތަށް ފުރުޞަތު ދޭނެކަމަށެވެ. ނަމަވެސް އެ މުއްދަތުގައި އިސްލާޙު ނުކުރާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެކަމަށް ވަނީ ބުނެފައެވެ.
ސައްހަ ނޫން ރަޖިސްޓްރީ ހައްދާ މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން ރަޖިސްޓްރީކުރާ ހުރިހާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ނަންބަރުތައް ޢާއްމުކުރަމުންނެވެ. މިއީ ކޮރަޕްޝަނަށް މަގުފަހި ނުވާނޭހެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މަސައްކަތްކުރުމަށާއި، އެއްވެސް ފަރާތަކަށް ގަވާއިދާ ޚިލާފު ޢަމަލުތައް ހިންގުނަނުދިނުމުގެގޮތުން އަޅާފައިވާ ފިޔަވަޅެކެވެ.
ގަވާއިދާ ހިލާފަށް ރަޖިސްޓްރީކުރި ކަމަށް ބުނެ 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ވަރަށްފަހުންވެސް ވަނީ ބާތިލުކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން 87 ވެހިކަލެއްގެ ވެރިފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ ރަޖިސްޓްރީ ބާތިލްކުރި ނިންމުމަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެފައެވެ.
ދައުލަތުން މިދިޔަ އޮކްޓޯބަރު މަހު ވަނީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ނަމަވެސް އެކަމާއިމެދު އަދި ކޯޓުން ވަކިގޮތެއް ނުނިންމައެވެ.

ކިޔުންތެރިންގެ ހިޔާލު