ސީޕީއައި އެކުލަވާލަން ކޮންމެ މަހަކު 9500 އަށްވުރެ ގިނަ ތަކެތީގެ އަގު ނަގާކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ،
ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިކަމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރަށް ލިޔުމުން ޖަވާބު ހޯދަން ފޮނުއްވި ސުވާލަކާއި ގުޅިގެނެވެ.
އިބްރާހިމް ރަޝީދުގެ ސުވާލުގައި މައިގަނޑު ގޮތެއްގައި ސުވާލުކޮށްފައިވަނީ އިންފްލޭޝަން ހިސާބު ކުރާގޮތާއިމެދުއެވެ.
މެމްބަރު ރަޝީދު ސުވާލަށް ޖަވާބުދެއްވަމުން އަމީރު ވިދާޅުވީ މިހާރު އެކުލަވާލާފައިވާ ސީޕީއަައިއަކީ 2016 ވަނަ ހެދި ހައުސްހޯލްޑް އިންކަމް އެންޑް އެކްސްޕެންޑީޗާ ސާވޭގައި ގޭބިސީތަކުގެ ހަރަދަށް ބިނާކޮށް ހޮވާލެވިފައިވާ މުދަލާއި ހިދުމަތުގެ އަގުތައް ހިމަނައިގެން ތައްޔާރު ކުރާ އިންޑެކްސްއެއް ކަމަށެވެ. އަދި ސިޕީއައި ހެދުމަށް މާލެއާއި އަތޮޅުތެރޭގެ އިތުރު ހަތަރު ރަށަކުން ކޮންމެ މަހަކު 9،500 އަށް ވުރެ ގިނަ އަދަދެއްގެ އަގު ނަގާކަމަށާއި އަދި ކޮންމެ މަހަކުވެސް މާލެ، އަތޮޅުތައް އަދި މުޅި ރާއްޖޭގެ ސީޕީއައި އެކުލަވާލާ ޝާއިރު ކުރާކަމަށް އަމީރު ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ އެންމެފަހގެ ސީޕީއައި ހިސާބު ކުރާ ގޮތުގެ ރިޕޯޓެއް އެމްބީއެސްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓަރާއި ކުރި ސުވާލުގައި މެމްބަރު ރަޝީދު ވަނީ ސީޕީއައި ހިސާބު ކުރުމުގައި ތެލުގެ ބާވަތްތަކަށް ދީފައިވާ ވެއިޓާއި ގުޅޭގޮތުންވެސް ސުވާލުކޮށްފައެވެ. އެކަމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ ސީޕީއައިގައި ތެލުގެ އުފެއްދުންތަކަށް ދީފައިވާ ވެއިޓަކީ 0.57 އިންސައްތަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު