ރާއްޖެއަކީ ފޫހި ފަތުރުވެރިކަމުގެ މަންޒިލެއް ކަމަށްބުނެ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަތަކަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ރައްދުދެއްވައިފިއެވެ.
ޖަރުމަނުވިލާތުގައި ކުރިއަށް ގެންދިޔަ އައިޓީބީ ފެއާގެ ތެރެއިން ލަންކާގެ ޓޫރިޒަމް މިނިސްޓަރު ފެނާންޑޯ ހަރިން ވަނީ ރާއްޖެއަށް މަލާމާތް ރައްދުވާ ޒާތަށް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ރާއްޖެ އަންނަ ޓޫރިސްޓުން ހިތްހަމަޖައްސާލަން ލިބޭނެ ހަމައެކަނި ތަނަކީ ރީތި ގޮނޑުދޮށްތައް ކަމަށާއި އަދި ޓޫރިސްޓުން 5 ވަރަކަށް ދުވަހު ރާއްޖޭގައި މަޑުކޮށްލާއިރަށް އެތަންތަނުގެ މަތިން ވެސް ފޫހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖެއާ ބެހޭގޮތުން ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަތަކަށް ވަރަށް ބޮޑަށް ވަނީ ފާޑު ކިޔުން އަމާޒުވެފައެވެ. އޭނާއަށް ފާޑު ކީ މީހުންގެ ތެރޭގައި ލަންކާގައި ސިޔާސީ މީހުންނާއި ރާއްޖޭގެ ސިޔާސީ ފަރާތްތައްވެސް ހިމެނެއެވެ. ލަންކާގެ ޓޫރިޒަމް މިނިސްޓަަރަށް ފާޑު ކީ ގިނަ ފަރާތްތަކުން ވަނީ އޭނާއަކީ މަޤާމަށް ކުފޫ ހަމަވާ މީހެއް ނޫންކަމަށް ބުނެފައެވެ.
ލަންކާގެ ޓޫރިޒަމް މިނިސްޓަރުގެ ވާހަކަތަކަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްވެސް ވަނީ ނުސީދާކޮށް ރައްުދުދެއްވާފައެވެ.
މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއަކީ ވޭތުވެދިޔަ 3 އަހަރުވެސް ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުުރުވެރި އެވޯޑް ހޯދާފައިވާ ޤައުމުކަމަށެވެ. އަދި މިއީ އެތައް ބައެއްގެ ބުރަ މަސައްކަތުން ހޯދަމުންދާ ނަތީޖާތަކެއްކަން މައުސޫމް ފާހަގަކުރެއްވިއެވެ.
ލަންކާގެ ޓޫރިޒަމް މިނިސްޓަރަށް ރާއްޖެއަށް ފާޑު ކިޔާފައި ވާހަކަ ދެއްކިއިރު، މިއީ ލަންކާގެ ވަޒީރެއްގެ ފަރާތުން މީގެކުރިން ފެނުނު އަމަލެއް ނޫނެވެ. މިކަމާއި ގުޅޭގޮތުން ލަންކާ ސަރުކާރުން ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް ގިނަ ބަޔަކު އަންނަނީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަފުޅާއި ގުޅިގެން މައާފަށް އެދެން ގޮވާލަމުންނެވެ.

Winner of the World's Leading Destination @WTravelAwards in 2020, 2021 & 2022 #Maldives is the Global #Tourism #Benchmark.
— Abdulla Mausoom (@Mausoom_Maus) March 12, 2023
Thanks to developers & service providers for making Maldives simply the best and #addictive!!
If jealous & in doubt please ask the #Mirror again & again.
ލަންކާގެ ޓޫރިޒަމް މިނިސްޓަރަށް ރާއްޖެއަށް ފާޑު ކިޔާފައި ވާހަކަ ދެއްކިއިރު، މިއީ ލަންކާގެ ވަޒީރެއްގެ ފަރާތުން މީގެކުރިން ފެނުނު އަމަލެއް ނޫނެވެ. މިކަމާއި ގުޅޭގޮތުން ލަންކާ ސަރުކާރުން ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް ގިނަ ބަޔަކު އަންނަނީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަފުޅާއި ގުޅިގެން މައާފަށް އެދެން ގޮވާލަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު