ޗައިނާއާއި ރާއްޖެއިން ބާއްވާ ގުޅުމާއެކު އިތުރު ކުރިއެރުންތައް ރާއްޖެއަށް ލިބޭނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންގ ލީޒިންގ ވިދާޅުވެއްޖެއެވެ.
ޗައިނާ ސަފީރު މިހެން ވިދާޅުވީ، ޗައިނާގެ ސްޓޭޓް ކައުންސިލަރގެ މަގާމަށް އެ ގައުމުގެ ފޮރިން މިނިސްޓަރ އައްޔަންކުރުމާއި ގުޅިގެން ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދު ﷲ ޝާހިދު ކުރެއްވި ޓްވީޓަކާއި ގުޅިގެނެވެ.
ޝާހިދު ވަނީ ޗައިނާގެ ފޮރިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ކިންގަންގ އެ ގައުމުގެ ސްޓޭޓް ކައުންސިލަރގެ މަގާމަށް އައްޔަންކުރުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.
ޝާހިދު ވިދާޅުވީ ސްޓޭޓް ކައުންސިލަރގެ މަގާމަށް އައްޔަންކުރި ކިންގަންގއާއެކު ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ޝާހިދުގެ ޓްވީޓާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ އެކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
ޗައިނާ ސަފީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބާއްވާ ބަދަހި ގުޅުމާއެކު ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.

Warm congratulations to Foreign Minister @AmbQinGang of #China, on his appointment as State Councilor. I look forward to working closely with him during his tenure, to strengthen the close relations between Maldives and China, both bilaterally and in the int. sphere. 🇲🇻 🇨🇳.
— Abdulla Shahid (@abdulla_shahid) March 12, 2023
ޝާހިދު ވަނީ ޗައިނާގެ ފޮރިން މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި ކިންގަންގ އެ ގައުމުގެ ސްޓޭޓް ކައުންސިލަރގެ މަގާމަށް އައްޔަންކުރުމާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައެވެ.
ޝާހިދު ވިދާޅުވީ ސްޓޭޓް ކައުންސިލަރގެ މަގާމަށް އައްޔަންކުރި ކިންގަންގއާއެކު ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރެވޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.
ޝާހިދުގެ ޓްވީޓާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ އެކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
Thank you very much Excellency @abdulla_shahid for your warm congratulations to State Councilor & FM Qin Gang. I believe that the future-oriented all-round friendly & cooperative partnership between 🇨🇳& 🇲🇻will make more achievements in the coming years. https://t.co/o9xvmBCsSD
— Ambassador Wang Lixin (@China_Amb_Mdv) March 12, 2023
ޗައިނާ ސަފީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ބާއްވާ ބަދަހި ގުޅުމާއެކު ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު