ޗައިނާއާއެކީ އޮންނަ ގުޅުމަށް އިސްކަންދޭން ނިންމުމަކީ މުހިއްމުކަމެއްކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (އައްޑޫ ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ އިންޑިޢާ އާއީ ޗައިނާއަކީ އޭޝިޔާގައި އޮތް އެންމެ މުއްސަނދި އަދި އެންމެ ބާރު ދެ ގައުމުކަމަށެވެ. އަދި އެ ދެ ގައުމާއެކު ގާތް ގުޅުމެއް ބޭއްވުމަކީ ރާއްޖޭގެ މަސްލަހަތު ރައްކާތެރިކުރުމަށް ވަރަށް މުހިއްމުކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ އިންޑިއާއެކޭ އެއްގޮތަށް ޗައިނާއަކީވެސް ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއަކަށްވާއިރު ޗައިނާއާއެކީ އޮންނަ ގުޅުމަށް އިސްކަންދިނުމަށް ރައީސް ސާލިހު ނިންމެވިކަމީ ގައުމުގެ އެންމެ މަތީ މަސްލަހަތު ހިމާޔަތް ކުރުމަށް އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމަށެވެ.

ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިއްމު ބައިވެރިއަކަށްވާއިރު، މިހާރުވެސް ގިނަ މަސައްކަތްތަކެއް ޗައިނާގެ އެހީއާއެކު ކުރިއަށްދެއެވެ.



ކިޔުންތެރިންގެ ހިޔާލު