4 ރަށެއްގެ ތަރައްގީގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން މިއަދު އެމްޓިސީސީން ހަވާކުކޮށްފައިވަނީ އއ.މަތިވެރި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު، ހދ.ކުޅުދުއްފުށި ޖެޓީ އެކްސްޓެންޝަން މަޝްރޫޢު، ކ.ހިންމަފުށި ގިރާ ސަރަޙައްދަ ހިމާޔަތް ކުރުން އަދި ‏ނ. ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުއެވެ.

އއ.މަތިވެރި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އާ ހަވާލުކޮށްފައިވަނީ 24,885,684.00 ރުފިޔާއަށެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 240 ދުވަހުގެތެރޭ ނިންމުމަށް.

މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ރަށުގެ ހުޅަނގު ފަރާތުގައި 54 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓެއް ޖެހުން، 63 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުން، ދެކުނު ފަރާތުގައި 70 މީޓަރުގެ ފަސް ވައިގްރޮއިން ޖެހުން، އިރުމަތީ ފަރާތުގައި 110 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއް ލުން އަދި

70 މީޓަރުގެ ވައިގްރޮއިން އަދި އިރުމަތީފަރާތުގައި ފަސް މީޓަރު ފުޅާމިނަށް ގޮނޑުދޮށަށް ވެލި އެޅުން ހިމެނެއެވެ.

ހދ.ކުޅުދުއްފުށި ޖެޓީ އެކްސްޓެންޝަން މަޝްރޫޢު އެމްޓިސީސީއާ ހަވާލުކޮށްފައިވަނީ 13,072,687.20 ރުފިޔާއަށެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 250 ދުވަހުގެތެރޭ ނިންމުމަށް.

މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި 1531 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުން، ޓިމްބާ ޖެޓީތައް ބޮޑުކުރުން، ޖެޓީތަކުގެ ދެމެދުގައި ޓިމްބާ ޕްލެޓްފޯމްތައް ހަރުކުރުނާ، އެއްގަމުތޮށި މަރާމާތުކުރުން އަދި ފްލޯޓިން ޖެޓީގެ ސްޕަން ޕައިލް ބޮޑުކުރުން ހިމެނެއެވެ.

‏ކ.ހިންމަފުށި ގިރާ ސަރަޙައްދަ ހިމާޔަތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އާ ހަވާލުކޮށްފައިވަނީ 11.8 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއު ނިންމަން ދީފައިވާ މުއްދަތަކީ 180 ދުވަހެވެ.

މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ރަށުގެ ދެކުނު ފަރާތުން ގިރަމުންދާ ސަރަހައްދުގައި 160 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމާއި، 53 މީޓަރުގެ ބޮޑުހިލަ ގްރޮއިން ޖެހުން އަދި127 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮއްޓެއްލުން ހިމެނެއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 11،807،280.36 ރުފިޔާއަށް 180 ދުވަހުގެތެރޭ ނިންމުމަށެވެ.

‏ނ. ކެނދިކުޅުދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އާ ހަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި؛

- 28,393 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަރު ބޭސިން ފުންކުރުން

- 30,480 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން

- 12,968 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނަރު ފުންކުރުން

- 12,038 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދެއްގައި ބޭރުތޮށި ލުން

- 14,220 ކިއުބިކް މީޓަރުގެ ދޯނި އެހެލާ ސަރަހައްދުގެ ނެރު ފުންކުރުން

- 368 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުން

- 130 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން

- 246 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން

- 249 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުން

- 11 މީޓަރުގެ ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުން

- 86 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުން

- 1990 އަކަ މީޓަރުގެ ހާބަރު ޕޭވްމަންޓް ހެދުން

- ނެރު ބައްތިއާއި ބަނދަރު ބައްތި ހަރުކުރުން

79،022،724.12 ރުފިޔާ އަށް އެމްޓީސީސީއާ މި މަަސައްކަތް ހަވާލުކޮށްފައިވަނީ 500 ދުވަހުގެތެރޭ ނިންމުމަށެވެ.



ކިޔުންތެރިންގެ ހިޔާލު