ވިލިމާލޭގައި ދޭ ބަހުގެ ހިދުމަތް ހުއްޓާލުމާމެދު ގޮތެއް ނިންމާނީ ސަރުކާރުންކަމަށް އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިހެން ވިދާޅުވެފައި މިވަނީ އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށާފައިވަނިކޮށް، މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް ފެށުމުންނެވެ.

އާޒިމް ވިދާޅުވީ ވިލިމާލޭގައި ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ކުރިއަށް ގެންދިޔަ ނަމަވެސް، އެމްޓީސީސީން ބަހުގެ ހިދުމަތް ކުރިއަށް ގެންދާނެކަމަށެވެ. އަދި ވިލިމާލޭގައި އެމްޓީސީސީން ދޭ ބަހުގެ ހިދުމަތް ކުރިއަށް ގެންދިއުމާއި މެދު އިތުރު ގޮތެއް ނިންމާނީ ސަރުކާރުންކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ސަރުކާރުން ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ފެށީ އެރަށުގައި ޒަމާންތަކެއް ވަންދެން އޮތް ދަތުރުފަތުރުގެ މައްސަލައަށް ހައްލެއް ހޯދަންކަމަށެވެ. އެހެންކަމުން އެމްޓީސީސީން ފަށާފައިވާ ބަހުގެ ހިދުމަތް ހުއްޓާލަން ސަރުކާރުން އަންގާނެކަމަށް ނުބެލެވޭކަމަށް އާޒިމް ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ފެށީ އެމްޓީސީސީން ޖެނުއަރީމަހު ބަހުގެ ހިދުމަތް ފަށާފައި އޮއްވައެވެ.



ކިޔުންތެރިންގެ ހިޔާލު