ސްކޫލެއްގެ ދަރިވަރުންތަކަކަށް ލަދުގަންނަވާލުމުގެ ނިޔަތުގައި ދިން އަދަބެއްގެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ބަލަން ފަށައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބަލަމުންދަނީ ލ. އިސްދޫ/ކަލައިދޫ ސްކޫލުގެ ދަރިވަރުންތަކަކަށް ދިން އަދަބެއްގެ މައްސަލައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ސްކޫލުގެ ގްރޭޑް 10 ގައި ކިޔަވާ ދަރިވަރުންތަކެއް ސްކޫލް ގަޑީގައި ބޭރަށް ދިޔަކަން އެނގިގެން އެ ކުދިންނަށް ވަނީ ތަހުޒީބު މުޖްތަމައުތަކުގައި ނުދޭ ކަހަލަ އަދަބެއް ދީފައެވެ. އެގޮތުން އެ ކުދިންނަށް އަދަބެއްގެ ގޮތުން ސްކޫލްގެ އެސެމްބްލީ ހިނގަމުންދިޔައިރު "ދެން ސްކޫލު ގަޑީގައި ބޭރަށް ނުދާނެ" ލިޔެފައިވާ ގަނޑެއް ހިފައިގެން 2 ގަޑިއިރު ވަންދެން ވަނީ ކޮޅަށް ބައިތިއްބާފައެވެ.
މިކަމާއި ގުޅޭ ފޮޓޯތައް ސޯޝަލް މީޑިއާގައި އާއްމުވުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އަދި މިއީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ އަމަލެއް ނޫންކަމަށް މީހުން ބުނެފައިވެއެވެ.
މައްސަލަ އާއްމުންގެ ތެރޭގައި ބޮޑުވުމުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ކުދިންނަށް އަދަބު ދީފައިވަނީ އުސޫލުތަކާއި ހިލާފަށްކަމަށެވެ. އެހެންކަމުން އެމައްސަލަ އެޑިއުކޭޝަން މިނިސްޓްރީން ބަލަމުން އަންނަކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ލަދުގަންނަވާލުމުގެ ނިޔަތުގައި ކުދިންނަށް އެ އަދަބު ދިންއިރު އެ ސްކޫލްގެ ޕްރިންސިޕަލްވެސް އެތަނުގައި ހާޒިރުވެ ހުއްޓެވެ. ނަމަވެސް ކުދިންނަށް އަދަބު ދިން މައްސަލާއާ ގުޅިގެން ސްކޫލުން މިހާތަނަށް އެއްވެސް އެއްޗެއް ނުބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ސްކޫލަށް އައު ޕްރިންސިޕަލަކު ވަނީ ހަމަޖައްސާފައެވެ. ނަމަވެސް ކުރިން ހުރި ޕްރިންސިޕަލް ބަދަލުކޮށްފައި ވަނީ ކުދިންނަށް އަދަބު ދިން މައްސަލާގައި ކަމެއް ނުވަތަ ނޫންކަމެއް ޔަގީނެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު