ދިވެހިން ބޭނުންވާގޮތަށް އާސަންދަ ހިންގާތީ ފުންނާބު އުސް އިޤްތިސާދީ މާހިރެއްކަމަށްވާ މުހައްމަދު ނަސީމް (ނަފާ ނަސީމް) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ނަފާ ނަސީމް ވިދާޅުވީ އާސަންދަ އެ ހިންގަނީ ދިވެހިން ބޭނުންވާ ގޮތަށް ކަމަށެވެ. އަދި އެއީ އިގްތިސާދީ މާހިރުންގެ ލަފާގެ ދަށުން ކުރެވޭނެކަމެއްވެސް ނޫންކަމަށް ނަފާ ނަސީމް ވިދާޅުވިއެވެ.
އާސަންދައިގެ ޚިދުމަތް މިހާރު އޮންނަ ގޮތަށް ފާޑު ވިދާޅުވަމުން ނަސީމް ވިދާޅުވީ ދިވެހިން ބޭނުންވަނީ ބޭނުން ކޮންމެ ވަގުތަކު، ބޭނުން ކޮންމެ ކަމަކަށް، ބޭނުން ކޮންމެ މީހަކަށް ދައުލަތުން ހިލޭ އާސަންދަ ލިބުންކަމަށެވެ.
"ދޭމީހާ ދެންޏާ ކާށެވެ! ކާމީހާ ކަންޏާ ދޭށެވެ! ދީ؟" އާސަންދަ މިހާރު ދޭ ގޮތް ސިފަކުރަށްވަމުން ނަސީމް ބިދާޅުވެފައި ވެއެވެ.
އާސަންދަ ދޭ ގޮތަށް ބައެއް މީޙުން ފާޑުކީ ނަމަވެސް ހަގީގަތުގައި އެއީ ދިވެހިންގެ ތެރެއިން ނިކަމެތި ހާލުގައި އުޅޭ މީހުންނަށް ވަރަށް މުހިއްމު އެއްޗެކެވެ. ބޭސް ފަރުވާއަށް މުއްސަނދިން ކައިރިން ސަލާންޖެހުން ހުއްޓުވުނީ އާސަންދައިގެ ސަބަބުންނެވެ. އާސަންދަ އާއި އެހެނިހެން ވެސް އެފަދަ ސަބްސިޑީތައް ސަރުކާރުން ދެނީ ހުރިހާ ރައްޔިތުން ޝާމިލުވާ ގޮތަށް ނަގާ ޓެކްސްތަކުން ދައުލަތަށް ލިބޭ އާމްދަނީވެދް ހިމަނައިގެންނެވެ.
އާސަންދައިގެ ހަރަދު ބޮޑުވެގެނެއް ސަރުކާރު ތަކަކުން ނޫޅެއެވެ. ހަރަދު ބޮޑުވެގެން އުޅެނީ އާސަންދައިން ބޭސް ދޫކުރުމުގެ ތެރެއިން އޮންނަ އުސޫލެއްގެ ސަބަބުން، ބައެއް އަމިއްލަ ފާމަސީތަކުން އޭގެ ނާޖާއިޒު ފައިދާ ނަގާތީއެވެ. އަދި އާސަންދަ އާއެކު ބައެއް އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓާތަކުން ނަގާ އަގުތައް ބޮޑުކޮށް އާސަންދައިންނާއި ރައްޔިތުންގެ އަތުން ވެސް "ފެލަމުން" ދާތީއެވެ.

އާސަންދަ އެހިގަނީ ދިވެހިން ބޭނުންގޮތަށެވެ. އެއީ އިގްތިސޯދީމާހިރުންގެ ލަފަޔަށް ކުރާ އަދި ކުރެވޭނެ ކަމެއްނޫނެވެ. ދިވެހިން ބޭނުންވަނީ ބޭނުންކޮންމެ ވަގުތަކު ބޭނުންކޮންމެ ކަމަކަށް ބޭނުންކޮންމެ މީހަކަށް ދައުލަތުން ހިލޭ އާސަންދަލިބޭށެވެ. ދޭމީހާ ދެންޏާ ކާށެވެ! ކާމީހާ ކަންޏާ ދޭށެވެ! ދީ؟
— NafaNaseem (@monasibnaseem) March 11, 2023
އާސަންދަ ދޭ ގޮތަށް ބައެއް މީޙުން ފާޑުކީ ނަމަވެސް ހަގީގަތުގައި އެއީ ދިވެހިންގެ ތެރެއިން ނިކަމެތި ހާލުގައި އުޅޭ މީހުންނަށް ވަރަށް މުހިއްމު އެއްޗެކެވެ. ބޭސް ފަރުވާއަށް މުއްސަނދިން ކައިރިން ސަލާންޖެހުން ހުއްޓުވުނީ އާސަންދައިގެ ސަބަބުންނެވެ. އާސަންދަ އާއި އެހެނިހެން ވެސް އެފަދަ ސަބްސިޑީތައް ސަރުކާރުން ދެނީ ހުރިހާ ރައްޔިތުން ޝާމިލުވާ ގޮތަށް ނަގާ ޓެކްސްތަކުން ދައުލަތަށް ލިބޭ އާމްދަނީވެދް ހިމަނައިގެންނެވެ.
އާސަންދައިގެ ހަރަދު ބޮޑުވެގެނެއް ސަރުކާރު ތަކަކުން ނޫޅެއެވެ. ހަރަދު ބޮޑުވެގެން އުޅެނީ އާސަންދައިން ބޭސް ދޫކުރުމުގެ ތެރެއިން އޮންނަ އުސޫލެއްގެ ސަބަބުން، ބައެއް އަމިއްލަ ފާމަސީތަކުން އޭގެ ނާޖާއިޒު ފައިދާ ނަގާތީއެވެ. އަދި އާސަންދަ އާއެކު ބައެއް އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓާތަކުން ނަގާ އަގުތައް ބޮޑުކޮށް އާސަންދައިންނާއި ރައްޔިތުންގެ އަތުން ވެސް "ފެލަމުން" ދާތީއެވެ.
ކިޔުންތެރިންގެ ހިޔާލު