ޤާނޫނުތައް އޮތްގޮތުން ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކޮށްގެން ވޯޓު ނުލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ރާއްޖޭގައި ޑިޖިޓަލް އައިޑީ ކާޑެއް ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާއިރު އަންނަ ރިޔާސީ އިންތިހާބުގައި ޑިޖިޓަލް އައިޑީ ކާޑު ބޭނުންކުރުމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ.



އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު މީޑިއާއަކަށް މައުލޫމާތުދެއްވަމުން ވިދާޅުވީ ޤާނޫނުގައި ބުނާގޮތުން އެއްވެސް އިންތިޚާބެއްގައި ޑިޖިޓަލް އައިޑީކާޑު ބޭނުން ނުކުރެވޭކަމަށެވެ. އަދި ޑިޖިޓަލް އައިޑީކާޑު ބޭނުން ކުރެވޭނީ ފޯނުން ކަމަށްވާއިރު، އިންތިޚާބީ މަރުކަޒަށް ފޯނު ވެއްދުމަކީ ޤާނޫނީ ގޮތުން މަނާކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ޑިޖިޓަލް އައިޑީކާޑާއެކު ރީރަޖިސްޓްރީ ކުރުމުގައި އާންމު ރައްޔިތުންނަށް ލުއިގޮތްތަކެއް ފަހިވެގެންދާނެކަމަށެވެ. އެހެންކަމުން އެހާލަތުގައި ޑިޖިޓަލް އައިޑީކާޑު ބޭނުން ކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ 9 ވަނަ ދުވަހުއެވެ. އަދި އިންތިހާބަށް ތައްޔާރުވުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައްވެސް އިލެކްޝަނުން ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު