ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.

ޝާހިދު ވިދާޅުވީ އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގައި ކޮމަންވެލްތުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާނެކަމަށެވެ. އަދި އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކާއެކުވެސް މަޝްވަރާތަކެއް ބާއްވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.



ޝާހިދު އިނގިރޭސިވިލާތަށް ވަޑައިގެންފައި މިވަނީ ޖަރުމަނާއި ޤަތަރަށް ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ކުރެއްވި ދަތުރުފުޅަކަށްފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު