އަލްމަރްހޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބޭއްވި ސިފައިންގެ އަހަރީ ބަޑި މުބާރާތް 2023، ނިންމާލައިފިއެވެ.
މި މުބާރާތް ނިންމުމުގެ ގޮތުން ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ މުބާރާތުގެ ބައިވެރިންނާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށް ގެންދިޔަ، މި އަހަރުގެ ބަޑިމުބާރާތުގެ އިންޑިވިޖުއަލް ކެޓަގަރީން އެންމެ މޮޅު ބަޑިޖެހުންތެރިއާގެ މަޤާމް ހާސިލްކޮށްފައިވަނީ ސްޕެޝަލް ފޯސްގެ ސާޖަންޓް ހަސަން ސުއައިދުއެވެ. ދެވަނަ މަޤާމް ހާސިލްކޮށްފައިވަނީ މެރިން ޑިޕްލޮއިމަންޓް ޔުނިޓް-3 ގެ ލާންސް ކޯޕްރަލް އާދަމް މުފީދެވެ. އަދި ތިންވަނަ މަޤާމް ހާސިލްކޮށްފައިވަނީ މެރިން ޑިޕްލޮއިމަންޓް ޔުނިޓް-2ގެ ސްޓާފް ސާޖަންޓް އަޙްމަދު ނަދީމެވެ.
މި މުބާރާތުގެ ޓީމު އިވެންޓްތައް ކުރިއަށް ގެންދިޔައީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. މިގޮތުން ގިންތި އެކެއްގެ އެއްވަނަ ޓީމަކީ ސްޕެޝަލް ފޯސަސްގެ ޓީމެވެ. މި ގިންތީގެ ދެވަނަ މެރިންކޯރ ހެޑްކުއޯޓަރޒްއަށް ލިބުނުއިރު، ތިންވަނަ ލިބިފައިވަނީ މެރިން ޑިޕްލޮއިމަންޓް ޔުނިޓް-2ގެ ޓީމަށެވެ.
މި މުބާރާތުގެ ގިންތި ދޭއްގެ އެއްވަނަ ޓީމަކީ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ޓީމެވެ. މި ގިންތީގެ ދެވަނަ މިލިޓަރީ ޕޮލިސްގެ ޓީމަށް ލިބުނުއިރު، ތިންވަނަ ލިބިފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ހެޑްކުއޯޓަރޒްގެ ޓީމަށެވެ.
މި ރަސްމިއްޔާތުގައި، އޯޑަނަންސް ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޝަރީފް ބަޑި މުބާރާތްތަކުގައި ހޯއްދަވާފައިވާ ރަންވަނަތަކާއި، ބަޑި މުބާރާތްތައް ރާވާ ހިންގުމުގައާއި ވެޕަން އިންސްޓްރަކްޓަރެއްގެ ގޮތުގައި ކޮށްދެއްވާފައިވާ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ ޚާއްޞަ ކޮއިނެއް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޝަރީފަށް ވަނީ ޙަވާލުކޮށްދެއްވާފައެވެ.
ފެބުރުވަރީ މަހުގެ 25 ވަނަ ދުވަހުން ފެށިގެން މާރިޗު މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ބޭއްވި މިމުބާރާތުގެ ވަނަވަނައަށް ދިޔަ ފަރާތްތަކަށް ތައްޓާއި، މެޑަލް އަދި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އިތުރުން، ސިފައިންގެ ޖެނެރަލް އޮފިސަރުންނެވެ.
ސިފައިންގެ އަހަރީ ބަޑިމުބާރާތަކީ މޭޖަރ އިނގިރޭސި ޢުމަރު މަނިކުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވަމުންގެންދާ، ސިފައިންގެ އެންމެ ފަޚުރުވެރި އެއް މުބާރާތެވެ. އަލްމަރްހޫމް މޭޖަރ އިނގިރޭސި ޢުމަރު މަނިކަކީ ސިފައިންގެ ޚިދުމަތުގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، އިޚްލާޞްތެރިކަމާއި ވަފާތެރިކަންމަތީ ސިފައިންގެ ބަޑިގުދަން ބެލެހެއްޓުމުގައި އިސްކޮށް މަސައްކަތްކުރައްވާފައިވާ އޮފިސަރެކެވެ.

ކިޔުންތެރިންގެ ހިޔާލު