ވެރިކަންކުރާ ޕާޓީ، އެމްޑީޕީގެ ޗެއަރޕާސަންގެ ނާއިބު އިބްރާހީމް ވަހީދު (މަދަނަ އިބުރޭ) ޓްރެފިކް ގަވާއިދާއި ހިލާފުވެގެން ޖޫރިމަނާކުރުމުން ފުލުހުންނަށް ފާޑުވިދާޅުވެއްޖެއެވެ.
އިބްރާހީމް ވަހީދު ވިދާޅުވީ ސްކޫލް ކުއްޖެއް ގޮވައިގެން ވަޑައިގަންނަވަނިކޮށް، ފުލުހުން އޭނާ ހުއްޓުވާ ވަރަށް ހަޑިކޮށް ވާަހަކަ ދެއްކިކަމަށެވެ. އަދި ހުއްޓުވީ އޮރެންޖް ލައިޓް ދިއްލިފާ ހުއްޓާ ހުރަސްކުރި ކަމަށްބުނެކަމަށާއި އަދި އެކަމާއި ގުޅިގެން ލައިސަންސް ކާޑު އަތުލައި ޖޫރިމަނާކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އިބްރާހީމް ވަހީދު ވިދާޅުވީ ގެޒެޓްކުރެވިފައިވާ ޤަވާއިދުގައި އޮރެންޖްލައިޓް ދިއްލިފާ ހުންނައިރު ދެވޭނެ ހާލަތު ބަޔާންކޮށްފައި އެބައޮތްކަމަށެވެ. އަދި ޓްރެފިކް ގަވާއިދުގެ އެކަމާއި ބެހޭ މައްދާތައްވެސް އޭނާ ވަނީ ހިއްސާކުރަށްވާފައެވެ.
ޓްރެފިކް މައްސަލަތަކުގައި ޖޫރިމަނާ ކުރުމަކީ އާއްމުކަމެއްނަމަވެސް ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅަކު ޖޫރިމަނާ ކޮށްގެން މިހާ މައްސަލަ ބޮޑުވި މިއީ ފުރަަތަމަ ފަހަރެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.

ޔުނީފޯމްގައި ހުރި ސްކޫލް ކުއްޖެއް ގޮވައިގެން ދަނިކޮށް ހުއްޓުވާ ވަރަށް ހަޑިކޮށް ވާަހަކަ ދައްކާ «އޮރެންޖް ލައިޓް» ދިއްލިފާ ހުއްޓާ ހުރަސްކުރި ކަމަށްބުނެ ލައިސަންސް ކާޑު އަތުލައި ޖޫރިމަނާ ސްލިޕެއްދީފި، މީ ޓްރެފްކް މައްސަލައެއްތޯ ނޫނީ ސިޔާސީ މައްސަލައެއްތޯ @M_Hameedh @PoliceMv pic.twitter.com/EaZPelgBwO
— Ibrahim Waheed (@ibreys) March 10, 2023
އިބްރާހީމް ވަހީދު ވިދާޅުވީ ގެޒެޓްކުރެވިފައިވާ ޤަވާއިދުގައި އޮރެންޖްލައިޓް ދިއްލިފާ ހުންނައިރު ދެވޭނެ ހާލަތު ބަޔާންކޮށްފައި އެބައޮތްކަމަށެވެ. އަދި ޓްރެފިކް ގަވާއިދުގެ އެކަމާއި ބެހޭ މައްދާތައްވެސް އޭނާ ވަނީ ހިއްސާކުރަށްވާފައެވެ.
ޓްރެފިކް މައްސަލަތަކުގައި ޖޫރިމަނާ ކުރުމަކީ އާއްމުކަމެއްނަމަވެސް ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅަކު ޖޫރިމަނާ ކޮށްގެން މިހާ މައްސަލަ ބޮޑުވި މިއީ ފުރަަތަމަ ފަހަރެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު