އެއާޕޯޓްތަކާއެކު ފަތުރުވެރިކަން ފުޅާވާނަމަ ފްލައިޓްތަކުގެ އަގުތައް ތިރިވާނެކަމަށް އެމްއެންޕީގެ ނާއިބު ރައީސް، އަހުމަދު ޝަރީފް (ސައިރިކްސް) ވިދާޅުވެއްޖެއެވެ.

ކާޑެއްދޫ އެއާޕޯޓުގެ ގްރައުންޑް ހޭންޑްލިންއަށް ނަގާ ފީ ބޮޑުކުރުމާއެކު މޯލްޑިވިއަން ޓިކެޓުގެ އަގުތައް ބޮޑުކުރިކުރުމަށް އިޝާރާތްކުރައްވައި ޝަރީފް ވިދާޅުވީ މޯލްޑިވިއަންގެ ހިންގުމުގެ ހަރަދު ބޮޑުވަނީ އެތެރޭގެ އުދުހުންތަކުގެ ޓުރެފިކު ކުޑަވުމުން ކަމަށެވެ.

ޝަރީފް ވިދާޅުވީ ކޮންމެ އެއާޕޯޓަކާއެކު އެނދުތަކެއް އިތުރުވާނަމަ އެތެރޭގެ އުދުންތަކުގެ އަގުތިރިވެގެންދާނެކަމަށެވެ. އަދި ރާއްޖޭގެ އެންމެ ދުރުގައި އޮންނަ އެއާޕޯޓަކަށް ގޮސްފައި އަންނަން 100 ޑޮލަރު އޭރުން ހަރަދު ނުވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

"މޯލްޑިވިއަންގެ ހިންގުމުގެ ހަރަދު ބޮޑުވަނީ އެތެރޭގެ އުދުހުންތަކުގެ ޓުރެފިކު ކުޑަވީމަ، ކޮންމެ އެއާޕޯޓަކާއެކު އެނދުތަކެއް އިތުރުވާނަމަ އެތެރޭގެ އުދުންތަކުގެ އަގު ތިރިވެގެންދާނެ، ރާއްޖޭގެ އެންމެ ދުރުގައި އޮންނަ އެއާޕޯޓަކަށް ގޮސްފައި އަންނަން 100 ޑޮލަރު ހަރަދު ނުވާނެ." ޝަރީފް ވިދާޅުވިއެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަނުން ޓިކެޓުގެ އަގުތަކަށް ގެނައި ބަދަލާއެކު ކާޑެއްދުއަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގުން 180ރ ވަނީ ބޮޑުވެފައެވެ. އަދި އެހެން ހުރިހާ ޑޮމެސްޓިކް އެއާޕޯޓުތަކުގެ ޓިކެޓަކުން 70ރ ވަނީ ބޮޑުކޮށްފައެވެ.

މި ބަދަލާއެކު މިހާރު ކާޑެއްދުއަށް ކުރާ ދަތުރުތަކަށް ޖީއެސްޓީއާއެކު ޓިކެޓެއް ލިބޭނީ 1692 ރުފިޔާއަށެވެ.



ކިޔުންތެރިންގެ ހިޔާލު