ފައިސާގެ އެތައް މައްސަލައެއް ޖެހުނު ސްކީމެއް ހިންގި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހްމީ، އައު ސްކީމެއް ހިންގަން ފެށުމުން ކަމާއިބެހޭ ފަރާތްތަކުން އެކަމާމެދު ފިޔަވަޅު ނާޅާތީ ފުލޫހުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އަލްހާން ފަހުމީ މީގެކުރިން ހިންގި ފޮރެކްސް ޓްރޭޑިންގ ސްކީމެއްގައި ބައިވެރިވި އެތައް ބައެއްގެ އެތައް މިލިއަން ފައިސާ ނުލިބި އޮތް މައްސަލަ ފުލުހުން މިހާރުވެސް ދަނީ ތަހުގީގުކުރަމުންނެވެ. އެ މައްސަލަ ކުރިއަށް ދަނިކޮށް، އަދި ފައިސާ ލިބެންޖެހޭ އެތައް ބަޔަކަށް ފައިސާ ނުލިބެނީސް، އަލްހާން މިވަނީ އަނެއްކާވެސް އެފަދަ އައު ސްކީމެއް ތައާރަފްކޮށްފައެވެ.
ފުލުހުން ބުނީ މީގެކުރިން ހިންގި ސްކީމްގެ ތެރެއިން ގެއްލުނު އެތައް ބައެއްގެ ފައިސާ އަދިވެސް ނުލިބޭކަމަށެވެ. އެހެންކަމުން އެފަދަ ސްކީމެއް އަނެއްކާވެސް އިޝްތިހާރުކުރަމުންދާއިރު ކަމާއިބެހޭ އިދާރާތަކުން އެކަން ހުއްޓުވަން ފިޔަވަޅު ނާޅާތީ ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ކުރީގެ ސްކީމްގެ މައްސަލަ ފުލުހުން ބަލަމުންދާއިރު އެ މައްސަލައިގައި ވަކިވަކި ފަރުދުންގެ އަތުން ނެގި ފައިސާގެ ތެރެއިން 65 މިލިއަނެއްހާ ރުފިޔާ އަދިވެސް ނުލިބޭކަމަށް ފުލުހުން ބުނެއެެވެ. އެހެންކަމުން މިފަދަ ސްކީމްތަކުގައި ބައިވެރިވުމުގެ ކުރިން އެއީ ކަމާއިބެހޭ ފަރާތްތަކުން ހުއްދަ ނަގައިގެން ހިންގާ ސްކީމެއްތޯ ޔަގީންކުރަން ފުލުހުން އިލްތިމާސްކުރެއެވެ.
ބައެއް މީޑިއާތަކަށް ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން ފޮރެކްސް ޓްރޭޑިން ވިޔަފާރިއަށް ކަމަށް ބުނެ އަލްހާންގެ ކިންގްސްއިން ވަނީ 1864 އިންވެސްޓަރެއްގެ އަތުން 98 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދާފައެވެ.
އޭގެ ތެރެއިން ގިނަ ފައިސާއިން ކްރިޕްޓޯ ކަރަންސީ ނުވަތަ ޑިޖިޓަލް ކަރަންސީގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ފާހަގަކުރެވޭ ކަމަށާއި ދެން ހުރި ފައިސާ އެ ކުންފުނީގެ ހިއްސާދާރުންގެ އަމިއްލަ އެކައުންޓުތަކަށް ޖަމާކޮށް ބޭނުންކޮށްފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އަދި އިންވެސްޓަރުންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން 65 މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ނުދޭކަންވެސް ފުލުހުން ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު