ރާއްޖެއިން އިރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމްކުރުމަށް ނިންމައިފިއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ސަޢޫދީ ޢަރަބިއްޔާއާއި އީރާނުން، ދެޤައުމުގެ މެދުގައި އަލުން ސިޔާސީ ގުޅުން ޤާއިމުކޮށް ދެޤައުމުގެ އެމްބަސީތައް އަލުން ހުޅުވުމަށާއި ޤައުމުތަކުގެ ސިޔާދަތަށް ޙުރުމަތްތެރިކޮށް ހިތުމާއި، ޤައުމުތަކުގެ ދާޚިލީ ކަންކަމާ ނުބެހުމާ ގުޅޭ އަސާސް އަލުން ކަށަވަރުކޮށް ސަޢޫދީ ޢަރަބިއްޔާ އާއި އީރާނާއި ޗައިނާއިން ނެރެފައިވާ ގުޅިފައިވާ ބަޔާނަށް ދިވެހި ސަރުކާރުން މަރުޙަބާ ކިޔާ ކަމަށެވެ.



މިހެޔޮ ބަދަލުތަކުގެ އަލީގައި ދިވެހި ސަރުކާރުން އީރާނާއެކު އަލުން ސިޔާސީ ގުޅުން ޤާއިމުކުރުމަށް ނިންމާފައިވާކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައިވެއެވެ.

ރާއްޖެއިން އީރާނާއެކު އޮތް ސިޔާސީ ގުޅުން ކަނޑައިލީ ވެސް ސައޫދީން އީރާނާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލުމުންނެވެ. އެއީ ރައީސް ޔާމީންގެ ސަރުކާރުގައި، 2016 ވަނަ އަހަރު އެވެ. ސައުދީން ގުޅުން ކަނޑާލީ އެއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ރާއްޖެއިން އީރާނާ ގުޅުން ކަނޑައިލީ އޭގެ ފަސް މަސް ފަހުން، އެއަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހުއެވެ.



ކިޔުންތެރިންގެ ހިޔާލު