ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު، ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް ވޯލްޓަރ ސްޓައިންމަޔަރއާ ބައްދަލުކުރައްވައި، މަޝްވަރާތަކެއް ބާއްވައިފިއެވެ.
ރައީސް ސާލިހު ޖަރުމަނުގެ ރައީސްއާ ބައްދަލުކޫރެއްވީ އެ ގައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ޖަރުމަނުވިލާތުގެ ރައީސްއާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހުރިއްޔާ ވަނީ ރާއްޖެއާއި ޖަރުމަނުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ޖަރުމަނުވިލާތުގެ ރައީސާއެކު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއާއި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޖަރުމަނަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަނީ ޖަރުމަނުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެއާ ބައްދަލުކުރައްވާފައެވެ. އަދި ޖަރުމަނު ވިލާތުގެ ބަރލިންގެ މެސޭ ބަރލިންގައި ކުރިއަށްދިޔަ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައި.ޓި.ބީ) ބަރލިން ފެއާއަށްވެސް ރައީސް ސާލިހު ޒިޔާރަތް ކުރެއްވިއެވެ.
މިއީ 2019ވަނަ އަހަރަށް ފަހު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބާލިންއަށް ގޮސް މިފެއާގައި ބައިވެރިވި ފުރަތަމަ އަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ ޖަރުމަނަށް ވަޑައިގެންނެވީ އެމަނިކުފާނު މިމަހުގެ 4 ވަނަ ދުވަހު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ފަހު މަންޒިލްގެ ގޮތުގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ގަތަރަށެވެ. އަދި ޤަޠަރުގައި ބޭއްވި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ.ގެ 5 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ޤަޠަރަށްފަހު ރައީސުލްޖުމްހޫރިއްޔާ ސާރބިއާއަށް ވަޑައިގަންނަވަން ހަމަޖެހުނުނަމަވެސް އެމަނިކުފާނު ވަނީ ގަތަރުގައި ސާބިއާގެ ރައީސްއާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވާފައެވެ. އެހެންކަމުން ސާބިއާ ވަޑައިގެންފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންނަވާނީ އާދީއްތަދުވަހުއެވެ.

This afternoon, President @ibusolih met H.E. Frank-Walter Steinmeier, the President of the Federal Republic of Germany. The discussions at the meeting centered on strengthening Maldives-Germany bilateral relations, and enhancing cooperation in areas of mutual interest. pic.twitter.com/5cCI5b2FKg
— The President's Office (@presidencymv) March 10, 2023
ރައީސުލްޖުމްހޫރިއްޔާ ޖަރުމަނަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ވަނީ ޖަރުމަނުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެއާ ބައްދަލުކުރައްވާފައެވެ. އަދި ޖަރުމަނު ވިލާތުގެ ބަރލިންގެ މެސޭ ބަރލިންގައި ކުރިއަށްދިޔަ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައި.ޓި.ބީ) ބަރލިން ފެއާއަށްވެސް ރައީސް ސާލިހު ޒިޔާރަތް ކުރެއްވިއެވެ.
މިއީ 2019ވަނަ އަހަރަށް ފަހު، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބާލިންއަށް ގޮސް މިފެއާގައި ބައިވެރިވި ފުރަތަމަ އަހަރެވެ.
ރައީސުލްޖުމްހޫރިއްޔާ ޖަރުމަނަށް ވަޑައިގެންނެވީ އެމަނިކުފާނު މިމަހުގެ 4 ވަނަ ދުވަހު ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ފަހު މަންޒިލްގެ ގޮތުގައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންނެވީ ގަތަރަށެވެ. އަދި ޤަޠަރުގައި ބޭއްވި، އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ އދ.ގެ 5 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ޤަޠަރަށްފަހު ރައީސުލްޖުމްހޫރިއްޔާ ސާރބިއާއަށް ވަޑައިގަންނަވަން ހަމަޖެހުނުނަމަވެސް އެމަނިކުފާނު ވަނީ ގަތަރުގައި ސާބިއާގެ ރައީސްއާ ބައްދަލުކުރައްވައި މަޝްވަރާތައް ބާއްވާފައެވެ. އެހެންކަމުން ސާބިއާ ވަޑައިގެންފައެއް ނުވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގެންނަވާނީ އާދީއްތަދުވަހުއެވެ.
ކިޔުންތެރިންގެ ހިޔާލު