ގުރައިދޫ ދާއިރާގެ މެމްބަރު އަލްމަރުހޫމް އިބްރާހީމް ރިޒާގެ ތައުބީން ޖަލްސާ މިރޭ ބާއްވަން ޕީޕީއެމުން ނިންމައިފިއެވެ.
ގުރައިދޫ ދާއިރާގެ މެންބަރުކަމުގައި ހުންނެވި އިބްރާހީމް ރިޒާގެ އަވަހާރަވީ މިދިޔަމަހުގެ 23 ވަނަ ދުވަހުއެވެ.
ޕީޕީއެމުން ބުނީ ގުރައިދޫ ދާއިރާގެ މެމްބަރު އަލްމަރުހޫމް އިބްރާހީމް ރިޒާގެ ތައުބީން ޖަލްސާ މިރޭ އޮންނާނެކަމަށެވެ. ޖަލްސާ އޮންނާނީ މިރޭ 21:00ގައި ގުރައިދޫގައިކަމަށްވެސް ޕީޕީއެމުން ބުނެއެވެ.
ރިޒާ އަވަހާރަވުމާއި ގުޅިގެން ހުސްވި ގުރައިދޫ ދާއިރާގެ ގޮނޑީގެ ބައި-އިލެކްޝަން ބާއްވަން ހަމަޖެހިފައިވަނީ އަންނަމަހުގެ 15 ވަނަ ދުވަހުއެވެ.
ގުރައިދޫ ދާއިރާގެ ހުސްވެފައިވާ ގޮނޑިއަށް ޕީޕީއެމްގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީއަށް ހުޅުވާލުމުން އެކަމަށް ނަން ހުށަހަޅާފައިވަނީ މަރުހޫމް އިބްރާހިމް ރިޒާގެ ކޮއްކޯފުޅު ހުސައިން ރިޒާ އެކަންޏެވެ. އެހެންކަމުން އޭނާއަށް ވަނީ އެ ޓިކެޓް ދީފައެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓް ކަނޑައެޅުމަށް ޕްރައިމަރީއަށް ހުޅުވާލުމުން ހަތަރު ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ. އެހެންކަމުން މާދަމާ ޕްރައިމަރީ ބާއްވަން އެމްޑީޕީން ވަނީ ނިންމާފައެވެ.
މީގެއިތުރުން ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރުމަށް އެމްއެންޕީގެ ޓިކެޓް ބޭނުންވާ ބޭފުޅުންނަށް އެ ޕާޓީންވެސް ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު