ގދ.ފަރެސްމާތޮޑާ އެއާރޕޯޓަށް ބާއްވާ ޓެސްޓް ފްލައިޓް އަންނަ ހޯމަދުވަހު ބޭއްވުމަށް ހަމަޖައްސައިފިއެވެ.
ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް ވަޑައިގަތުމަށް ކުރެއްވެވި މަސައްކަތްޕުޅުގައި އެންމެ ބޮޑަށް ރައްޔިތުންނަށް ވެވަޑައިގެންނެވި އެއްވަޢުދަކީ ކޮންމެ 20 މިނެޓަކުން ދަތުރުކުރެވޭ ހިސާބުގައި އެއަރޕޯޓެއް ތަރައްޤީ ކުރެއްވުމެވެ. އެގޮތުން ގދ. ފަރެސްމާތޮޑާ އެއަރޕޯޓް ހެދުމުގެ މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ފަރެސްމާތޮޑާ އެއަރޕޯޓުގެ މައުލޫމާތު ހިއްސާކުރާ ރަސްމީ ފޭސްބުކް ޕޭޖުގައިވާ ގޮތުން އަންނަ ހޯމަދުވަހު ފަރެސްމާތޮޑާ އެއާރޕޯޓަށް ބާއްވާ ޓެސްޓް ފްލައިޓް އޮންނާނެއެވެ. ހޯމަދުވަހު ހަވީރު ބާއްވާ ޓެސްޓް ފްލައިޓްގައި ބޭނުންކުރާނީ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ބޯޓެކެވެ.
މި މަޝްރޫއުގެ ދަށުން އެ އެއާޕޯޓްގައި 1200 މީޓަރުގެ ރަންވޭއަކާއި ޓާމިނަލް އިމާރާތެއް ހަދައި، އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ވަނީ ގާއިމްކޮށްފައެވެ.
މި މަޝްރޫޢުގެދަށުން ފަރެސްމާތޮޑާއާ އެއަރޕޯޓް ގުޅާލަނީ ކޯސްވޭއަކުންނެވެ. 600 ދުވަސް ތެރޭގައި މަސައްކަތް ނިންމުމަށް އެއްބަސްވެވިފައިވާ މިމަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު