ޖަރުމަންވިލާތާއި ދިވެހިރާއްޖެއާ ދެމެދު އެކި ދާއިރާތަކުން އޮންނަ ގުޅުން ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ބާއްވާފައިވަނީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދުއާއި ޖަރުމަންވިލާތުގެ މިނިސްޓަރ އޮފް ސްޓޭޓް އެޓް ދަ ފެޑެރަލް ފޮރިން އޮފީސް އޮފް ޖަރމަނީ ޓޮބިއަސް ލިންޑްނަރއާއެކު ޖަރުމަންވިލާތުގައި ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
މިނިސްޓަރ ޝާހިދު ޖަރުމަނަށް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އެ ޤައުމަށް ކުރައްވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައެވެ.
ޖަރުމަންގެ ހާރިޖިއްޔާގައި ބޭއްވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޝާހިދު ވަނީ ވިޔަފާރިއާއި އިޤްތިޞާދާއި ފަތުރުވެރިކަމުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި ބަދަހިވަމުން އަންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެއިތުރުން ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ޖަރުމަންވިލާތުން ރާއްޖޭގެ ތަރައްްޤީގެ މަސައްކަތަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، އެ އެމަސައްކަތްތައް އެ ގޮތުގައި ބޭއްވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އީޔޫގެ ތެރެއިން ޖަރުމަންވިލާތުން އަދާކުރި ދައުރަށްވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހުމަދު ހަލީލް އާއި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރު ބައިވެރިވެވަޑައިގެންނެވިއެވެ.

Inspiring discussion with @abdulla_shahid, the Foreign Minister of Maldives. Thanked him for his excellent work as president of the UN General Assembly and 🇲🇻 commitment to the UN Charter. Impressed by his government’s reform agenda strengthening democracy and human rights. pic.twitter.com/o5o32H5slD
— Dr. Tobias Lindner (@tobiaslindner) March 9, 2023
މި ބައްދަލުކުރެއްވުމުގައި ޝާހިދު ވަނީ ޖަރުމަންވިލާތުން ރާއްޖޭގެ ތަރައްްޤީގެ މަސައްކަތަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، އެ އެމަސައްކަތްތައް އެ ގޮތުގައި ބޭއްވުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އީޔޫގެ ތެރެއިން ޖަރުމަންވިލާތުން އަދާކުރި ދައުރަށްވެސް ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަހުމަދު ހަލީލް އާއި ރާއްޖެއިން ޖަރުމަނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު ޝާން ޝާކިރު ބައިވެރިވެވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު