ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް، ހުޅުމާލެއަށް ޒިޔާރަތްކުރައްވައި، ރަމަޟާންމަހަށްޓަކައި ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުން ވަމުންދާ ތައްޔާރީތައް ބައްލަވާލައްވައިފިއެވެ.
ހުޅުމާލެއަށް ކުރެއްވި ޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހުޅުމާލޭގެ މިސްކިތަށާއި، ގަރާޖަށާއި، ވޮލީ ކޯޓަށާއި، ޕާކަށާއި، އެމް.ޑަބަލިއު.އެސް.ސީ ފްލެޓަށާއި، ޕެޓްރޯލް ޝެޑަށާއި، ހުޅުމާލޭގައި ހުރި ބައެއް ފިހާރަތަކުގެ އިތުރުން މީހުން އާންމުކޮށް ގޮސް އުޅޭ ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުން ރަމަޟާން މަހަށް ވެފައިވާ ތައްޔާރީތައް ބައްލަވާލައްވައި އިތުރަށް ބޭނުންވާ ކަންކަން އޮޅުން ފިލުއްވާފައެވެ.
މި ޒިޔާރަތް ކުރެއްވުމުގައި ހުޅުމާލޭގައި ދިރިއުޅެމުންދާ ރައްޔިތުންގެ ފަރާތުން ވަނީ ހުޅުމާލޭގައި ދިމާވާ ބައެއް ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ.
މި ޒިޔާރަތުގައި ނާއިބު ރައީސް އަރިހުގައި ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ބައެއް މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު