ގުޅިފަޅާއި ތިލަފުށީފަޅުގައި ހުއްދަ ނުހޯދައި އަޅާފައި ހުރި އުޅަނދުތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން, އެޗްޑީސީން އަންގައިފިއެވެ.
އެޗްޑީސީން ވިދާޅުވީ ތިލަފުއްޓާއި ގުޅީފަޅު ފަޅުތެރޭގައި ހުރި އުޅަނދުތައް އެ ސަރަޙައްދުން ނެގުމަށް އެކި ފަހަރު މަތިން އަންގާފައިވާކަމަށެވެ. އެހެންނަމަވެސް އެގޮތަށް ހުރި އުޅަނދުތައް މިއަދާ ހަމައަށްވެސް ނަގާފައިނުވާކަމަށް އެޗްޑީސީން ވިދާޅުވެއެވެ. އަދި އުޅަނދުތައް އެ ސަރަހައްދުގައި ހުރުމުން އެޗްޑީސީއަށާއި ސަރުކާރުން އެ ސަރަހައްދުގައި ހިންގަން ރާވާފައިވާ އެތައް މަޝްރޫޢުއަކަށް ހުރަސް އެޅެމުން އަންނަކަމަށް އެޗްޑީސީން ވިދާޅުވެއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ ކ.ތިލަފުއްޓާއި ގުޅީފަޅުގެ ތެރޭގެ ސަރަޙައްދުގައި އެޗްޑީސީގެ ހުއްދަނެތި ބަހައްޓާފައިވާ ކަނޑު އުޅަނދުތަކާއި އެ ނޫންވެސް ތަކެތީގެ ސަބަބުން އެ ސަރަޙައްދުގައި ހިންގުމަށް ރާވާފައިވާ އެކި މަޝްރޫޢުތަކަށް ދަތިވަމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން އުޞޫލެއް އެކުލަވާލާފައިވާކަމަށެވެ.
އެޗްޑީސީން ވަނީ ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް އެއްވެސް ފަރާތަކުން އެއްވެސް އުޅަނދެއް ނުވަތަ އެއްވެސް އެއްޗެއް ދޫކޮށްލާފައިވާނަމަ އެޗްޑީސީގެ ކޯލް ސެންޓަރަށް ގުޅައި މައުލޫމާތު ސާފުކުރުމަށްފަހު އެތަކެތި ނެގުމަށް އިލްތިމާސްކޮށްފައެވެ.
ކ. ތިލަފުށްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލައިފައިވާ އުޅަނދު ފަހަރާއި ތަކެއްޗާމެދު ޢަމަލުކުރާނެގޮތުގެ އުސޫލުގައިވާގޮތުން އެ ސަރަޙައްދަށް ދޫކޮށްލައިފައިވާ އެއްޗެއް އޭގެ ވެރިފަރާތުން ނެގުމަށް، އެ އެއްޗެއް އޮތް ހާލަތަށް ރިޢާޔަތްކޮށް، 7 ދުވަހާއި 30 ދުވަހުގެ މުއްދަތެއްދެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ އެއްޗެއް ނުނަގައިފިނަމަ އެ އެއްޗެއް ނައްތަލުމާއި ނީލަމުގައި ވިއްކާލުމުގެ ބާރު އެޗްޑީސީއަށް ލިބިގެންވެއެވެ. އަދި މިކަމުގެ ސަބަުން އޭގެ ވެރިފަރާތަކަށް ލިބޭ ގެއްލުމުގެ ޒިންމާ އެޗްޑީސީން ނަގަން ނުޖެހޭނެކަމަށް އުޞޫލްގައިވެއެވެ.

ކ. ތިލަފުށި އަދި ކ. ގުޅިފަޅު ފަޅުގެ ސަރަހައްދު ހުސްކުރުމާއި ގުޅޭ https://t.co/PKHGtx6SmS
— HDC (@hdcmaldives) March 9, 2023
އެޗްޑީސީން ވަނީ ގުޅިފަޅު އަދި ތިލަފުށި ފަޅު ތެރެއަށް އެއްވެސް ފަރާތަކުން އެއްވެސް އުޅަނދެއް ނުވަތަ އެއްވެސް އެއްޗެއް ދޫކޮށްލާފައިވާނަމަ އެޗްޑީސީގެ ކޯލް ސެންޓަރަށް ގުޅައި މައުލޫމާތު ސާފުކުރުމަށްފަހު އެތަކެތި ނެގުމަށް އިލްތިމާސްކޮށްފައެވެ.
ކ. ތިލަފުށްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލައިފައިވާ އުޅަނދު ފަހަރާއި ތަކެއްޗާމެދު ޢަމަލުކުރާނެގޮތުގެ އުސޫލުގައިވާގޮތުން އެ ސަރަޙައްދަށް ދޫކޮށްލައިފައިވާ އެއްޗެއް އޭގެ ވެރިފަރާތުން ނެގުމަށް، އެ އެއްޗެއް އޮތް ހާލަތަށް ރިޢާޔަތްކޮށް، 7 ދުވަހާއި 30 ދުވަހުގެ މުއްދަތެއްދެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި އެ އެއްޗެއް ނުނަގައިފިނަމަ އެ އެއްޗެއް ނައްތަލުމާއި ނީލަމުގައި ވިއްކާލުމުގެ ބާރު އެޗްޑީސީއަށް ލިބިގެންވެއެވެ. އަދި މިކަމުގެ ސަބަުން އޭގެ ވެރިފަރާތަކަށް ލިބޭ ގެއްލުމުގެ ޒިންމާ އެޗްޑީސީން ނަގަން ނުޖެހޭނެކަމަށް އުޞޫލްގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު