މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް، އެމް.ޑަބްލިޔު.އެސް.ސީން، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 15 ބުރީގެ 'މަލަސް ރެސިޑެންސް'އަށް ނާއިބު ރައީސް ފައިސަލް ނަސީމް ޒިޔާރަތްކުރައްވައިފިއެވެ.
ސަރުކާރު ކުންފުނިތައް ހިމެނޭގޮތަށް ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކުރިޔަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕަނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން، ޤާއިމްކުރި 15 ބުރީގެ 'މަލަސް ރެސިޑެންސް' އިފްތިތާހުކުރީ މިދިޔަމަހުގެ 28 ވަނަ ދުވަހުއެވެ.
ނާއިބު ރައީސް ފައިސަލް ނަސީމް މިއަދު ވަނީ 'މަލަސް ރެސިޑެންސް'އަށް ޒިޔާރަތްކުރައްވާފައެވެ. މި ޒިޔާރަތުގައި ނާއިބު ރައީސް އަރިހުގައި އެމްޑަބްލިޔުއެސްސީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހުއާއި ކުންފުނީގެ އިސް ބޭފުޅުން މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެެމް.ޑަބްލިޔު.އެސް.ސީގެ މަލަސް ރެސިޑެންސް ގައި ޖުމްލަ 192 އެޕާޓްމަންޓް ހިމެނެއެވެ. މީގެ ތެރޭގައި 3 ކޮޓަރީގެ 60 އެޕާޓްމަންޓާއި، 2+1 ކޮޓަރީގެ 40 އެޕާޓްމަންޓާއި އަދި 1 ކޮޓަރީގެ 92 އެޕާޓްމަންޓް ހިމެނެއެވެ. މީގެ އިތުރުން، މަލަސް ރެސިޑެންސްގައި ކުޑަކުދިންނަށް ޚާއްސަ ކުރެވިގެން ކުޅޭ އޭރިއާއަކާއި، ފިހާރައެއްގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާރކް ކުރުމަށް އިމާރާތުގެ ދެފަރާތުން ޕާރކިންގ ޒޯނެއްވެސް ވަނީ ޤާއިމްކުރެވިފައެވެ. މި މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ 'ދި ޓްވެންޓީ ތަރޑް މެޓަލާނޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސާއި ހަވާލުކޮށްގެންނެވެ.
އެެމް.ޑަބްލިޔު.އެސް.ސީގެ މަލަސް ރެސިޑެންސް ގައި ހިމެނޭ އެޕާޓްމަންތަކުގެ ވެރިންނަށް މިހާރު ވަނީ ތަޅުދަނޑި ވެސް ހަވާލުކޮށްފައެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީން އެޕާޓްމަންޓް ލިބުނު ފަރާތްތަކަށް މަހުންމަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، އިސްލާމިކް ބޭންކް މެދުވެރިކޮސް ފްލެޓަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
އެމް.ޑަބްލިޔު.އެސް.ސީން ބުނީ އެކުންފުނީގެ ހިޔާ މަޝްރޫއުގެ ސަބަބުން އެކުންފުނީގެ ގިނަ މުވައްޒަފުނަށް ބޯހިޔާވަހިކަން ޔަގީންވެގެންދާނެކަމަށެވެ.

His Excellency Vice President @FaisalNasym visits Malas Residence completed under MWSC's Hiyaa Project. He was accompanied by Managing Director @hassanshaahu. pic.twitter.com/DlvgDRdzBX
— Male' Water and Sewerage Company Pvt. Ltd. (@MWSC_Official) March 9, 2023
އެެމް.ޑަބްލިޔު.އެސް.ސީގެ މަލަސް ރެސިޑެންސް ގައި ޖުމްލަ 192 އެޕާޓްމަންޓް ހިމެނެއެވެ. މީގެ ތެރޭގައި 3 ކޮޓަރީގެ 60 އެޕާޓްމަންޓާއި، 2+1 ކޮޓަރީގެ 40 އެޕާޓްމަންޓާއި އަދި 1 ކޮޓަރީގެ 92 އެޕާޓްމަންޓް ހިމެނެއެވެ. މީގެ އިތުރުން، މަލަސް ރެސިޑެންސްގައި ކުޑަކުދިންނަށް ޚާއްސަ ކުރެވިގެން ކުޅޭ އޭރިއާއަކާއި، ފިހާރައެއްގެ އިތުރުން، އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ޕާރކް ކުރުމަށް އިމާރާތުގެ ދެފަރާތުން ޕާރކިންގ ޒޯނެއްވެސް ވަނީ ޤާއިމްކުރެވިފައެވެ. މި މަޝްރޫއު ކުރިޔަށް ގެންގޮސްފައި ވަނީ ޗައިނާގެ ކުންފުންޏެއް ކަމަށްވާ 'ދި ޓްވެންޓީ ތަރޑް މެޓަލާނޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލިމިޓެޑް އޮފް މިނެމެޓަލްސާއި ހަވާލުކޮށްގެންނެވެ.
އެެމް.ޑަބްލިޔު.އެސް.ސީގެ މަލަސް ރެސިޑެންސް ގައި ހިމެނޭ އެޕާޓްމަންތަކުގެ ވެރިންނަށް މިހާރު ވަނީ ތަޅުދަނޑި ވެސް ހަވާލުކޮށްފައެވެ. އަދި އެމް.ޑަބްލިޔު.އެސް.ސީން އެޕާޓްމަންޓް ލިބުނު ފަރާތްތަކަށް މަހުންމަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން، އިސްލާމިކް ބޭންކް މެދުވެރިކޮސް ފްލެޓަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
އެމް.ޑަބްލިޔު.އެސް.ސީން ބުނީ އެކުންފުނީގެ ހިޔާ މަޝްރޫއުގެ ސަބަބުން އެކުންފުނީގެ ގިނަ މުވައްޒަފުނަށް ބޯހިޔާވަހިކަން ޔަގީންވެގެންދާނެކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު