ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު މީހުންނަށް ދިވެހިންގެ ފަރާތުން އެހީވުމަށް ހުޅުވާފައިވާ ފަންޑަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން, އައިއޭސީން ބުނެފިއެވެ.

މިދިޔަމަހުގެ 6 ވަނަ ދުވަހު ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިންއިން ފަންޑެއް ހުޅުވާލީ މިދިޔަމަހުގެ 7 ވަނަ ދުވަހުއެވެ.

މީޑިއާއަށް މައުލޫމާތުު ދެއްވަމުން އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނީ މިދިޔަމަހުގެ 7 ވަނަ ދުވަހު ހުޅުވާލި ފަންޑަށް 9 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށެވެ. އެ ޖަމުއިއްޔާއިން ބުނީ އެހީ ހޯދުމުގެ ހަރަކާތް އަދިވެސް ހުއްޓާނުލާކަމަށެވެ.

ފައިސާގެ އިތުރުން ދެ ކޮޓަރި އާއި ފާޚަނަ ހިމެނޭ ކޮންޓެއިނާ ހައުސްތަކެއް އެހީގެ ގޮތުގައި ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ބުނެއެވެ. އަދި ތުރުކީއާއި ސީރިޔާއަށް 2 ޓަނުގެ ހަނޑޫ ފޮނުވުމަށް މަސައްކަތްކުރަމުންދާކަމަށްވެސް އެ ޖަމުއިއްޔާއިން ބުނެއެވެ.

މީގެ އިތުރުން، ދެ ޓަނުގެ ހަނޑޫ ދެ ގައުމަށް ފޮނުވުމުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް ވެސް އަޒްހަދު ވިދާޅުވިއެވެ.

ތުރުކީގެ ހުޅަނގު ދެކުނަށް ރެކްޓާ މިންގަނޑުން 7.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމުގައި އެތައް ހާސް ބަޔަކު މަރު، އެތައް ސަތޭކަ ހާސް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު