މާލޭ ސިޓީ ކައުންސިލްގައި ކޮންސަލްޓަންޓުންގެ ގޮތުގައި 13 ކޮންސަލްޓަންޓުންގެ ބޮޑު ޓީމެއް ގެންގުޅުއްވާ ސަބަބު މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ސާފުކޮށްދެއްވައިފިއެވެ.
ސިޓީ ކައުންސިލްގައި 13 ކޮންސަލްޓަންޓުން ތިބޭތީ އެކަމާއި ކަންބޮޑުވުން ފާޅުކޮށް ބައެއް ފަރާތްތަކުން ވަނީ ވާހަކަދައްކާފައެވެ. އަދި އެމަގާމުތަކުގައި މުޅިންހެން ތިބީ އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ އެކްޓިވިސްޓުންނާއި އެދެޕާޓީގައި އިސްކޮށް އުޅޭ ފަރާތްތައްކަން ވެސް ގިނަ ބަޔަކު ފާހަގަ ކޮށްފައި ވެއެވެ.
ފާޑު ކިޔުންތަަކަށް ޖަވާބުދެއްވަމުން މާލެ ސިޓީގެ މޭޔަރ ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގައި ކޮންސަލްޓަންޓުންގެ ގޮތުގައި 13 ކޮންސަލްޓަންޓުން ތިބީ ކައުންސިލްގެ މަސައްކަތްތައް ރަނގަޅުކުރުމަށް ކަމަށެވެ.
މުއިއްޒު ވިދާޅުވީ، 13 ކޮންސަލްޓަންޓުން ނަގާފައިވަނީ ސިޓީ ކައުންސިލަށް ބޭނުންވާ އެކަށީގެންވާ ފަންނީ މީހުން ނެތުމުން ކަމަށާއި ސިޓީ ކައުންސިލްގެ މަސައްކަތާ ހަވާލުވެވަޑައިގަތްއިރު އެންމެ ބޮޑު ދައްޗަކަށް ދިމާވި ކަމަކީ އެއީ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކައުންސިލަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އެކި ދާއިރާތަކުން ހޯދާފައިވާ ކޮންސަލްޓަންޓުންނަކީ ދާއިމީ މުވައްޒަފުންކަމަށެވެ.
މޭޔަރު ވިދާޅުވީ ކޮންސަލްޓަންޓުން ނަގަނީ އާއްމުކޮށް އަމަލުކުރަމުންދާ އުސޫލާއި އެއްގޮތަށް، އާއްމުކޮށް އިއުލާނުކުރުމަށްފަހު ގަވާއިދާއި އުސޫލުގެ ތެރެއިން ކަމަށެވެ. އަދި ކޮންސަލްޓަންޓުންގެ މުސާރައަކީ 15000 ރުފިޔާއާ 35000 ރުފިޔާއާ ދެމެދުގެ އަދަދެއް ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު