ރުއްތަކަށާއި ގަސްތަކަށް ޖެހޭ ބައްޔެއް ރާއްޖޭގެ ބައެއް ހިސާބުތަކުގެ ހަލުވިކަމާއެކު ފެތުރެމުންދާތީ އެކަމަށް ސަމާލުވާން އަންގައިފިއެވެ.
ދަނޑުވެރިކަމާބެހޭ ވުޒާރާއިން ބުނީ ރާއްޖޭގެ ރުއްތަކަށާއި ގަސްތަކަށް ހަލުއިކަމާއެކު ފެތުރެމުންދަނީ ދިރޭ ސުއިއްޕެއްގެ ސަބަބުންކަމަށެވެ. އަދި މިބަލީގެ ސަބަބުން "ސޫޓީމޯލްޑް" ނަމަކަށް ކިޔާ ކަޅުކުލައިގެ ފަންގަސްއެއް ފެތުރި ގަސްތައް ނިކަމެތިވެ، ބައެއް ގަސްތައް މަރުވަމުންދާކަން ފާހަގަކުރެފައިވާކަމަށްވެސް އެމިިނިސްޓްރީން ވިދާޅުވެއެވެ.
މިނިސްޓްރީން ބުނީ މިބައްޔަކީ ހަމައެކަނި ރުއްތަކާއި ދަނޑުވެރިކަމުގައި ހައްދާ ގަސްތަކަށް ޖެހޭ ބައްޔެއް ނޫންކަމަށާއި ބަގީޗާ ގަސްތަކަށްވެސް މިބަލި ޖެހޭނެކަމަށެވެ. އަދި މިބަލި ނައްތާލަން މަސައްކަތްކުރަމުންދާކަމަށް އެމިނިސްޓްރީން ބުނެއެވެ.
އެގްރިކަލްޗަރ މިނިސްޓްރީން ވަނީ މިބަލި ހަލުއިކަމާއެކު ފެތުރެމުންދާތީ ސަމާލުވާން އެދިފައެވެ. އެގޮތުން، ގަހެއް އެއް ތަނުން އަނެއް ތަނަށް ގެންދާއިރު އެހެން ގަސްތަކާއި ދުރުގައި ބަހައްޓައިގެން ގަސް ރަނގަޅަށް ބެލުމަށް އެމިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި މިބަލި ގަހަކަށް ޖެހިއްޖެނަމަ އެރަށެއްގެ ކައުންސިލަށް އެންގުމަށް އެގްރިކަލްޗަރ މިނިސްޓްރީން އަންގައެވެ.

ކިޔުންތެރިންގެ ހިޔާލު