އެމްޑީޕީގެ ކެމްޕެއިން ދަތުރުތަކެއް ރާއްޖޭގެ އުތުރާއި ދެކުނަށް ފަށައިފިއެވެ.

އެމްޑީޕީން މި ކެމްޕެއިން ދަތުރުތައް ފަށާފައިވަނީ ހއ. އަތޮޅަށާއި ގދ.އަތޮޅަށެވެ.

އެމްޑީޕީއިން ހއ.އަތޮޅުގެ ރަށްތަކަށްކުރާ ދަތުރުގެ ތެރެއިން ޓީމުގެ ބޭފުޅުން ހއ.މޮޅަދޫގައި ދޮރުން ދޮރަށް ހިންގެވުން ވަނީ ކުރިއަށް ގެންގޮސްފައެވެ.



މިދަތުރުގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިމް ބައިވެރިވެވަޑައިގެންނަވައެވެ.

އެމްޑީޕީއިން ދަނީ ގދ.އަތޮޅުތަކަށްވެސް ދަތުރުކުރަމުންނެވެ. ގދ.އަތޮޅުގެ ރަށްތަކަށްކުރާ ދަތުރުގެ ތެރެއިން ގދ.ގައްދޫގައި މިއަދު ވަނީ ކެމްޕެއިން ހަރަކާތްތަކެއް ހިންގާފައެވެ.



ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހުއަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީން ދަނީ ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު