އިދިކޮޅު ޕީޕިއެމް ޕީއެންސީއަށް ވެރިކަމަށް ނާދެވޭނެ ކަމަށް މި ސަރުކާރުން ޖަހާ ހިސާބަކީ ގޯސް ހިސާބެއް ކަމަށް އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް، އަބުދުއްރަހީމް އަބުދު ﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީޕިއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް، އަބުދުއްރަހީމް އަބުދު ﷲ ވިދާޅުވީ އެޕާޓީއަށް ވެރިކަމަށް ދެން ނާދެވޭނެ ކަމަށް މި ސަރުކާރުން ހީކުރުމަކީ ވަރަށް ބޮޑު ކުށްހީ އެއް ކަމަށެވެ. އެގޮތުން އެ ކޯލިޝަނަށް ވެރިކަމަށް ނާދެވޭނެ ކަމަށް މި ސަރުކާރުން ޖަހަނީ ގޯސް ހިސާބެއް ކަމަށް އަދުރޭ ވިދާޅުވިއެެވެ.
އޭނާ ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް ޔާމިން ކާމިޔާބު ކުރަށްވާނީ އެއްބުރުން ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަކަށް ދާން ދިވެހި ރައްޔިތުން ބޭނުންނުވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"އަދާވަތްތެރިންނަށް މިގައުމުގެ ވެރިކަން ދޫކޮށްލާ ގޮތަކަށް ނޫން ރައްޔިތުން ތިބީކީ، ޚިޔާނަތްތެރިންނަށް މިގައުމުގެ ބާރު ދޭގޮތަކަށް ނޫން ރައްޔިތުން ތިބީކީއެއް. ބަޣާވަތް ކުރާ މީހުންނަށް މިގައުމުގެ ވެރިކަން ދޭ ގޮތަށް ނޫން ރައްޔިތުން ތިބީކީ އެއް، ދިވެހި ރައްޔިތުން ތިބީ އެއަށްވުރެ ބޮޑަށް ހޭލާ. ރައްޔިތުން ތިބީ މި އިންތިޚާބަށް ތައްޔާރުވެގެން މި އިންތިޚާބަށް ފައްކާވެގެން ރައްޔިތުން ތިބީ. ރައްޔިތުން ތިބީ ރައްޔިތުންގެ ބަސް ބުނަން ތައްޔާރުވެގެން. މި ރާއްޖޭގައި އޮންނަންވާނީ ރައްޔިތުންގެ ވެރިކަމެއް." އަދުރޭ ވިދާޅުވިއެވެ.
ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި އަބުދުއްރަހީމް ވިދާޅުވީ އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވާ ގުރައިދޫ ދާއިރާގެ މަޖިލިސް އިންތިޚާބަކީ ރިޔާސީ އިންތިޚާބުގެ ފައުންޑޭޝަން ކަމަށެވެ. އެ އިންތިޚާބު ޕީޕީއެމަށް ކާމިޔާބުވުމަކީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމިން މިނިވަންވުމަށް އެޅޭ ބާރަކަށް ވެގެންދާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު