މޫސުމީ ބަދަލުތަކަށް ހޭނި، ދިރިއުޅުން ބައްޓަންކުރުމަކީ އުނދަގޫކަމެއްކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ކަނޑުތަކަށް އެޅޭ ޕްލާސްޓިކު ކުނި މަދުކުރުމުގެ ގޮތުން މަސައްކަތްކުރުމަށް ޔޫއެސް އެއިޑުން ރާއްޖޭގައި އިއްޔެ ބޭއްވި ޚާއްސަ ހަރަކާތެއްގައެވެ.
އޯޝަން ޕްލާސްޓިކް ރިޑަކްޝަން ހަރަކާތަކީ ޕްލާސްޓިކް ބޭނުންކުރާ މިންވަރު މަދުކުރުމާއި، އެ ހެޔޮ ގޮތުގައި ނައްތައިލުމުގެ މަސައްކަތް ހަރުދަނާކޮށް އެ ކަމަށް ބާރު އަޅައި އެހީތެރިވުމުގެ ގޮތުން ރާއްޖެއާއި ސްރީލަންކާގައި ފަސް އަހަރުގެ މުއްދަތަކަށް ހިންގާ ޕްރޮގްރާމެކެވެ.
މި މަޝްރޫއު ހިންގުމުގެ މަގްސަދުތަކުގެ ތެރޭގައި ޕްލާސްޓިކުގެ އާ އުފެއްދުންތައް ބޭނުންކުރާ މިންވަރު މަދުކުރުން، ކުނި މެނޭޖުކުރުން ތަރައްގީކުރުމާއެކު ޕްލާސްޓިކު ކުނި މަދުކުރަން ސަމާލުކަން ދީ، ކުނި ނައްތައިލުން ހަރުދަނާކުރުން، ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމަށް އެހީތެރިވެދިނުމަށް ޓަކައި މުޖުތަމައުގެ ފަރުދުންނަށް އެހީތެރިވެދިނުން އަދި ކަނޑަށް ޕްލާސްޓިކު އެޅޭ މިންވަރު މަދުކުރުމަށް ޓަކައި ކުނި ނައްތައިލެވޭނެ ހެޔޮ ގޮތްތައް މަގުފަހިކުރުމެވެ.
މިހަރަކާތުގެ ތެރެއިން އިއްޔެ ވަނީ މާލޭ އާޓިފިޝަލް ބީޗު ސަރަހައްދު ސާފުކޮށް ގިނަ އަދަދެއްގެ ޕްލާސްޓިކު ކުނި އެއްކޮށްފައެވެ.
މިހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ލޮނުގަނޑު މަތިވުމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަ ދިމާވުމާއި، މީރު ފެނުގެ ފަށަލަ ތަޣައްޔަރުވުމުގެ އިތުރުން ރަށު ތެރޭގައި ފެން ބޮޑުވެ އުދަ އެރުމުގެ ހާދިސާތައް އިތުރުވާކަމަށެވެ. އަދި މޫސުމީ ބަދަލުތަކަށް ހޭނި ދިރިއުޅުން ބައްޓަންކުރުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.
"އެންމެ ގަޑިއިރެއް ތެރޭ ވެސް ބައިވަރު ކުނި މިވަނީ ބީޗާއި މަގުމަތިން އެއްކުރެވިފައި. މީގެން މި މައްސަލައިގެ ހައްސާސްކަން ހާމަވޭ،" ޝައުނާ ވިދާޅުވިއެވެ.
ޕްލާސްޓިކް ބޭނުންކުރުން މަދުކުރަން ބާރުއަޅާ މި މަޝްރޫއުގެ ދަށުން ޕްލާސްޓިކު ކުނީގެ ސަބަބުން ކަނޑު ތަޣައްޔަރުވުމުގެ މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދޭނެއެވެ. އަދި ގައުމީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ޓަކައި މަސައްކަތް ކުރާނެއެވެ.

Minister gave the closing remarks at the @USAIDMaldives Ocean Plastics Reduction
— Min. of Environment, Climate Change and Technology (@MoEnvmv) March 8, 2023
Activity Launching event. Stakeholders and students from different schools participated in the event, kickstarted with a beach cleanup activity. pic.twitter.com/mxnjnGfrsY
މިހަރަކާތުގެ ތެރެއިން އިއްޔެ ވަނީ މާލޭ އާޓިފިޝަލް ބީޗު ސަރަހައްދު ސާފުކޮށް ގިނަ އަދަދެއްގެ ޕްލާސްޓިކު ކުނި އެއްކޮށްފައެވެ.
މިހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ލޮނުގަނޑު މަތިވުމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަ ދިމާވުމާއި، މީރު ފެނުގެ ފަށަލަ ތަޣައްޔަރުވުމުގެ އިތުރުން ރަށު ތެރޭގައި ފެން ބޮޑުވެ އުދަ އެރުމުގެ ހާދިސާތައް އިތުރުވާކަމަށެވެ. އަދި މޫސުމީ ބަދަލުތަކަށް ހޭނި ދިރިއުޅުން ބައްޓަންކުރުމަކީ އުނދަގޫ ކަމެއްގެ ގޮތުގައި އެކަމަނާ ސިފަކުރެއްވިއެވެ.
"އެންމެ ގަޑިއިރެއް ތެރޭ ވެސް ބައިވަރު ކުނި މިވަނީ ބީޗާއި މަގުމަތިން އެއްކުރެވިފައި. މީގެން މި މައްސަލައިގެ ހައްސާސްކަން ހާމަވޭ،" ޝައުނާ ވިދާޅުވިއެވެ.
ޕްލާސްޓިކް ބޭނުންކުރުން މަދުކުރަން ބާރުއަޅާ މި މަޝްރޫއުގެ ދަށުން ޕްލާސްޓިކު ކުނީގެ ސަބަބުން ކަނޑު ތަޣައްޔަރުވުމުގެ މައްސަލައަށް ޚާއްސަ ސަމާލުކަމެއް ދޭނެއެވެ. އަދި ގައުމީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ޓަކައި މަސައްކަތް ކުރާނެއެވެ.
ކިޔުންތެރިންގެ ހިޔާލު