ރާއްޖޭގެ ކަނޑު ސަރަހައްދުގައި ހިންގާ އެކި އެކި ކުށްތައް ހުޓުވުމާއި ގުޅޭ މަސައްކަތްތަކަށް ޖަޕާނު ސަރުކާރުން ދޭ 38.5 މިލިޔަން ރުފިޔާގެ ހިލޭ އެހީގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޔޫއެންޢޯޑީސީން ރާއްޖޭގައި ކުރިއަށްގެންދާ މި ޕްރޮގްރާމަށް ޖަޕާން ސަރުކާރުން ދޭ އެހީގެ އެއްބަސްވުމުގައި ޖަޕާންގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓެކުއެޗި މިޑޯރީއެވެ. އަދި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގް އެންޑް ކްރައިމް، ޔޫއެންއޯޑީސީގެ ފަރާތުން ސޮއިކުރެއްވީ ސައުތު އޭޝިއާ އޮފީހަށް ކަނޑައަޅުއްވާފައި ހުންނަވާ ރީޖަނަލް ރެޕްރެޒެންޓޭޓިވް މާކޯ މޮރެއިރާ ޑެ ސާ އަސުންކާއޯއެވެ.
މިއެއްބަސްވުމުގެ ދަށުން ކަނޑުމަތީގައި ހިންގާ މަސްތުވާތަކެތީގެ ވިޔަފާރި އާއި މަސްވެރިކަމާއި ގުޅޭ ކުށްތައް ހުއްޓުވައި، މިފަދަ މައްސަލަތަކުގައި ހައްޔަރުކުރާ ފަރާތްތަކަށް ގާނޫނީ ހައްގުތައް ކަށަވަރުކޮށްދޭކަން ޔަގީންކުރުމަށް މަސައްކަތްކުރާނެއެވެ.
މީގެ އިތުރުން ޖިނާއީ އަދުލުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންގެ ޢިލްމާއި ހުނަރާއި ޤާބިލްކަން އިތުރު ކުރުމަށާއި، މެރިޓައިމް ސެކިއުރިޓީގައި ހަރަކާތްތެރިވާ މީހުންގެ ފަންނީ ޤާބިލްކަން އިތުރު ކުރުމަށްވެސް މަސައްކަތްކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު